ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި ވާދަކުރަނީ ދައުލަތަށް ހިދުމަތްކޮށްދިނުމުގެ އަޒުމުގައި: އާޒިމާ

ރައީސް މުއިއްޒު އަދި ސަރުކާރުގެ އިސްވެރިންނާއި މޭޔަރަލް ކެންޑިޑޭޓު އާޒިމާ: ފޮޓޯ/ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހުގައި ހުންނަވައިގެން ދައުލަތަށް ހިދުމަތްކޮށްދެއްވުމުގެ މަގުސަދާއި އަޒުމުގައިކަމަށް އެ މަގާމަަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުން ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމުން ރައީސްގެ ފަހަތްޕުޅުގައި ތިއްބެވިކަން ފެނިގޮސްފައިވާކަމަށެވެ. އެހެންކަމުން އޭނާގެ އުންމީދު އާވެފައިވާކަމަށާއި އެކަމަށްޓަކައި އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހެން ނުވާންވީ ސަބަބެއް ނެތެކްމަަށެވެ. ސަބަބަކީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ދިވެހި ރައްޔިތުންނަށް ވިސްނުންތަކަކާއި ތަސައްވުރުތަކެއް ހިފައިގެންކަމަށްވުމުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އާޒިމާ ވިދާޅުވީ އެ މުސްތަގުބަލު ތަންފީޒުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ސްޕީޑު ހުރިހާ އެންމެންވެސް ގަބޫލުކުރައްވާކަން ފެނިގެންދާކަމަށެވެ.

އާޒިމާ ވިދާޅުވީ، އެކި ސަރުކާރުތަކުގައި މަސައްކަތްކުރެއްވިފައިވުމުން ސަރުކާރަކާއި ހަވާލުވެ ކަންކަން ފަށައިގަތުމުގައި ދިމާވެގެންދާނެ މަސައްލަތައް އެނގިވަޑައިގަންނަވާކަަމަށެވެ. ހާއްސަ ގޮތެއްގައި މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތާއި ގާނޫނާއި ގަވައިދު ތަންފީޒުކުރުމުގެ ހާލަތު ތަސައްވުރުކުރެއްވޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ނުކުމެވަޑައިގަތުމަކީ މުހިންމު ކަމަކަށް ވެގެންދާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާޔަރަލް ރޭހަށް ނުކުމެވަޑައިގަތީ ރައީސް މުއިއްޒުގެ އަރިހުގައި ދިވެހި ދައުލަތަށް ހިދުމަތްކޮށްދިނުމުގެ މަގުސަދާއި އެ އަޒުމުގައިކަމަށާއި މިހާރުގެ ސަރުކާރުން ވެރިކަމާއި ހަވާލުވީ ތަސައްވުރެއް އޮވެ ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭންޖެހޭކަން ގަބޫލުކޮށްގެންކަމަށްވެސް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެން ތިއްބެވީ ދިވެހި ރައްޔިތުންގެ ހިދުމަތްތެރިންގެ ގޮތުގައިކަމަށާއި މާލޭގެ މޭޔަރަލް ކެމްޕެއިން ކާމިޔާބުކުރެވިއްޖެ ހާލަތުގައި ތަފާތުތަކެއް ދައްކަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ފާހަަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ހިދުމަތްތެރިންނަކީ ކޮބައިކަމާއި އެފަދަ ބަޔަކަށް ވެރިކަމުގެ ފުރިހަމަ ބާރުތައް ގާނޫނާއި ގަވައިދާއި އެއްގޮތަށް ތަންފީޒުކުރަން ލިބުމުން ރައްޔިތުންނަށް އުފާ ފާގަތިކަން ލިބޭނެ މިންވަރަކީ ކޮބައިކަންވެސް އޭނާގެ މޭޔަރުކަމުގައި ދައްކަވައިދެއްވާނެ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި އޭނާ އަށް ވޯޓުދެއްވުމަށާއި ރައީސް މުއިއްޒުއާއިއެކު އެންމެ ފުރިހަމަކަމާއިއެކު މަސައްކަތްތައް ކުރުމަށް ފުރުސަތު ދެއްވުމަށް އާޒިމާ އެދިވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ވިޝަންތަކާއި މާލެ ސިޓީއަށް ގެންގުޅުއްވާ ތަސައްވުރުތައް ތަންފީޒުކުރެއްވުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އާޒިމާގެ ކެމްޕެއިން ހަރަކާތުގައި ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނުވަނީ މި ފުރުސަތުގައި ސަރުކާރާއިއެކު ފުރިހަމައަށް މަސައްކަތްކުރެވޭނެ ކެންޑިޑޭޓަކު އިންތިހާބުކުރުމުގެ މުހިންމުކަމުގެ މައްޗަށާް އަލިއަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: