ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިތަންމެ ދުންޏެއްވެސް އުކިދާނެ، ހިތްވަރު ބައްޔެއް ނުވާނެ: އާޒިމާ

ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުން ކިތަންމެ ދުންޏެއް އުކާ ފަހަތަށް ޖައްސަން މަސައްކަތް ކުރެއްވިކަމުގައިވިޔަސް ހައްޤަށް ނަސްރު ދެއްވާ ލަޝްކަރުގެ ހިތްވަރު ބައްޔައް ނުވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޕީއެންސީގެ މޭޔަރ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ގަލޮޅު ކަންމަތީގައި ބޭއްވި މާލެ ސިޓީގެ މޭޔަރު އަދި މާލޭގެ 3 ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި އާޒިމާ ވިދާޅުވީ މޭޔަރުގެ ގޮނޑިއަށް ވާދަކުރެއްވުމުން އިދިކޮޅު ފަރާތްތަކުން އެކަމަނާ ފަހަތަށް ޖައްސަށް ވަރަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް ކިތަންމެ ހަމަލާއެއް އަމާޒު ކުރަމުންދިޔަސް ހައްޤަށް ނަސްރުލިބޭނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

އާޒިމާ ވިދާޅުވީ ނޫހެއްގައި އެކަމަނާއާ ދެކޮޅަށް ދޮގު ވާހަކަތައް ފެތުރި މައްސަލައިގައިވެސް އެންމެ ފަހުން ނަސްރު ލިބިގެންދިޔައީ ހައްޤު ތެދަށް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔެކިޔުންތަކަކީ ސައްޙަ ލިޔުންތަކެއް ނޫން ކަމަށާއި އާޒިމާ އާ ދެކޮޅަށް އެއްވެސް މައްސަލައެއް އެކޯޓުގައި ރަޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެނޫހާއިމެދު ފިޔަވަޅު އަޅަން ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.

އާޒިމާ ވިދާޅުވީ މި ދަތުރުގައި ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިވިޔަސް އެންމެން ގަދަފަދަކޮށް އެއްސަފެއްގައި ތިބިކަން އިދިކޮޅު ފަރާތްތަކަށް ދައްކަން ޖެހޭ ކަމަށެވެ. މި ސަފަކީ ފަހަތަށް ނުޖެހޭނެ އަދި ރޫޅާނުލެވޭނެ ސަފުތަކެއްކަން މިފަރު އެނގިގެންދާނެ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: