ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ އޯޑަރަށް ތަބާވާ މީހަކު ހޮވުމަކީ ރައްޔިތުންނަށް އިންސާފުވެރި ގޮތެއް ނޫން: ރައީސް

ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީ ލައިނުން އަންނަ އޯޑަރަށް ތަބާވާން ޖެހޭ ކެންޑިޑޭޓަކު ހޮވައިފިނަމަ ރައްޔިތުންނަށް އިންސާފުވެރި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ އެއްބާރުލުން ނުދޭން އަންނަ އޯޑަރަކަށް ތަބާވާން ޖެހޭ ކެންޑިޑޭޓަކު ހޮވައިފި ނަމަ، ސަރުކާރަށް ވެސް އެ ކައުންސިލަކާއެކު މަސައްކަތް ކުރަން އުނދަގޫވާނެ ކަމަށެވެ.

“ޕާޓީ ލައިނުން އަންނަ އޯޑަރަކަށް ވަކި ކަމެއް ވަކި ގޮތަކަށް ޖެއްސުން ކުރުމަށް އުނދަގޫކުރަން، އެއްބާރުލުން ނުދޭން އަންނަ އޯޑަރަކަށް ތަބާވާންޖެހޭ ކެންޑިޑޭޓަކު ހޮވައިފިއްޔާ އެއީ ހުޅުމާލެ އާއި މާލޭގެ ރައްޔިތުންނަށް ވެސް އިންސާފުވެރި ގޮތަކަށް ނުވާނެ، އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް އެ ހާލަތު ކުރިމަތިނުވާނެ، އަޅުގަނޑުމެންގެ ކެންޑިޑޭޓުން ތިބޭނީ އެއްލައިނަކުން އެއް ސަފަކުން ގުޅިފައި” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ސަރުކާރުން ބޭނުންވާ ފެންވަރުގައި ހުޅުމާލޭގައި މުނިސިޕަލްގެ ހިދުމަތް ދޭކަން ޔަގީން ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަން ކުރެވޭނީ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަގާމަށް ގެނެސްގެން ކަމަށެވެ.

މާލެ ސިޓީގެ ފަރާތުން ހުުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރަން ހުރި ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަމަށް މާލެ ސިޓީގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމިނިކުފާނާއި އެކު 100 ޕަސަންޓް ޔަގީންކަމާއެކު، އެމަނިކުފާނަށް އެ ޔަގީންކަން އޮތް ޓީމެއް މި އިންތިހާބުގައި ހޮވައިދެއްވަން ވަނީ އެދިވަޑައިގަންނަވާފައެވެ.

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތް ދިނުމަކީ މާލެސިޓީ ކައުންސިލްގެ ދަށުން ކުރަންޖެހޭ ކަމަކަށްވުމުން، ވައުދުވި ގޮތަށް އެކަން މި ސަރުކާރުން ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: