ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ހަލާކު ކުރަން އަޅުގަނޑުމެން ނުނިކުންނާނަން: އާޒިމާ

މާލެ ސިޓި ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ޖަލްސާ-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ހަލާކުކޮށް ގައުމުގެ ހަރު މުދާ ވިއްކާ އަދި ގައުމުގެ ގައުމިއްޔަތު ވިއްކަން ނުނިކުންނާނެ ކަމަށް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވަދަކުރައްވާ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މާފަންނުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި އާޒިމާ ވިދާޅުވީ ކޮންމެ ހާލަތެއްގައިވެސް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ފިޔަވާ އިތުރު ކަމަކަށް ސަޕޯޓު ނުކުރައްވާނެ ކަމަށެވެ.

ޕީއެންސީ އިން ދެއްވަމުން ދާ ދައުވަތަކީ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ދިވެހިރާއްޖެ ދެކެމުން ދިޔަ ފަނާކުރަނިވި ފަސް އަހަރުގެ ވިންނުންތަކާއި ފިކުރުތުގައޮ ބައިވެރިވުން ކަމަށް އާޒިމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ނިންމުނ ވަރަށް ސާފު ކަމަށާއި އަދި ބަލާލި ކޮންމެ ދިމާއަކުންވެސް ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ފެންނަމުން ދިޔައީ ގައުމު ފަނާކުރެވެމުން ދިޔަތަން ކަމަށެވެ. ހަމައެކަނި ބަޖެޓު ނޫން ކަމަށާއި އަދި ގައުމުގެ މާލިއްޔަތާއި، ގައުމުގެ ދަރިންނާއި އަދި އިޖުތިމާއީ ފޭރާންވެސް ހަލާކުވެގެން ދިޔަކަމަށް އާޒިމާ ވިދާޅުވިއެވެ.

މިއަދު އިންތިހާބަކާއި ކުރިމަތި ލާއިރު ހަނދާން ކުރަން ޖެހޭ ކަމަކީ ރައްޔިތުންނަށް ދައްކާ ދިވެހިންގެ ދިވެހިރާއްޖެ ޓިކެޓާއި އެކު ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރެވިއްޖެ ކަމަށް ވާނަމަ ދިވެހީންގެ ދިވެހިރާއްޖެއާއި ހަމައަށް ދިއުމުގެ ވިސްނުންތަށް ޔަގީންވުން ކަމަށް އާޒިމާ ވިދާޅުވިއެވެ.

ފަށާފައިވާ ތަރައްގީގެ ދަތުރު، ގައުމިއްޔަތުގެ ދަތުރު ދެބައިވިޔަ ނުދެއްވުމަށާއި ގައުމުގެ މާލެ އެއްދިމާލަށް އަދި އަނެއްބައި އެހެން ދިމާލަކަށް ގެންގޮސްގެން މައްސަލަތަކެއް ހައްލު ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އާޒިމާ ވިދާޅުވީ، ގައުމުގެ މިނިވަން ކަމަކީ ސީރިއަސް ވާހަކައެއް ކަމަށާއި އެއީ ހީކުރާ ވަރަށްވުރެ ވެސް ސީރިއަސް ވާހަކައެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މި ދިޔަ 5 އަހަރު ރައްޔިތުން ހާދަ ތެޅުމެއް ތެޅުނޭ . ޔާމީންއަށް ތާއިދުކުރިމީހުން ހާދަ ތެޅުމެއް ތެޅުނޭ . އެކަމު ކަމަނާ ވެރިކަން ވެއްޓުމާ ޕާޓީ މަގާމުވެސް ދޫކޮށް ތިމަންނާ ސިޔާސީ ކަންކަން ދޫކޮށްލީއޭ ބުނެ ދެން ތިމަންނާ ފެންނާނީ ގުޅަ ބަޖިޔާ ހަދާ މީހެއްގެ ގޮތުގައޭ ބުނެ ޕީ ޕީ އެމް އަށް އެންމެ ބޭނުންވި ދުވަހު ކަމަނާގެ ބެޗީ . ޥެރިކަން ލިބިދާނެހެން ހީވީ ފާޅުވީ. ޕީއެންސީއިން ކަމަނާއަށް ޓިކެޓް ދިނީތީވެސް އަޖައިބުވަން. އަންހެނެކޭ ކެންސަރޭ ނުކިޔާ ކެމްޕެއިންކުރެވޭތޯ ބަލާބަ. މަށެއް ވޯޓެއް ނުލާނަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: