އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމް ސައްތާރުގެ ޝަރީއަތް މިއަދު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ނާޒިމް ސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާކޮށްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރި އާއިއެކު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ޖޫން މަހުގެ ފަހުކޮޅު ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. މައްސަލަ އާއި ގުޅިގެން ނާޒިމް ހައްޔަރު ކުރުމަށް ފަހު ތަހުގީގު ނިންމާ މިދިޔަ މަހުގެ ތެރޭގައި އޭނާ ވަނީ ދޫކޮށްލާފައެވެ.ވަނީ ދޫކޮށްލާފައެވެ.
ނާޒިމް ސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
މާލޭގެ ކުއްޔަށް ދޫކޮށްފައި ހުރި އެޕާޓްމެންޓުގައި އަލަމްގިރި އެކި މީހުންނާއި އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ލީކުވާން ފެށީ މީގެ ދޮޅު މަސް ކުރީންނެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފަށައި، އަލަމްގިރި ވެސް ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތުތައް އެ މީހުން މަސައްކަތް ކުރާ އިދާރާތްތަކަށް އަންގަމުންނެވެ. އަދި އެ ވީޑިއޯތައް އެނަލައިޒް ކުރުމަށް ފަހު، ހެކިތައް އެއް ކުރެވޭ މިންވަރަކުން ހައްޔަރުކޮށް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންގެ ސަމާލުކަމަށް އައި މިދިޔަ މޭއި މަހުގެ ތެރޭގަ އެވެ. އެއްޖިންސުން ގުޅުން ހިންގައި، އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު އަލަމްގިރި އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށް ފުލުހުން ބުނެ އެވެ. އަދި މިހާތަނަށް މި މައްސަލައިގައި ތަފްސީލީ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުންގެ މައްސަލަ ފުލުހުން މިހާރު ވަނީ ޕީޖީއަށް ފޮނުވާފައެވެ.
ޕީޖީ އޮފީހުން މީޑިއާތަކަށް މިއަދު ބުނީ، ބަނގްލަދޭޝް ރައްޔިތަކާއި އިތުރު ބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް، ދައުވާކޮށް ކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެހެން ކަމުން އަދި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާފައި ނުވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އަބްދުﷲ ނަސީރު އިބްރާހީމްގެ މައްޗަށާއި، މައްސަލައިގައި ވަޒީފާއިން ސަސްޕެންޑު ކުރި ބައެއް ސިވިލްސާވިސް މުވައްޒަފުންގެއެވެ.
ނާޒިމް ސައްތާރުގެ މައްސަލަ މިއަދު ފަށާއިރު، އެ މައްސަލާގައި އަމިއްލަ އިއުތިރާފުން ކުށް ސާބިތުވެ އަލަމްގިރި އަށް 7 މަހާއި 7 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.

