ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން ބޮޑުކުރާނީ ސިއްހީ ދާއިރާގެ މުސާރަ: ރައީސް

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިއަވަތި ކޮންފަރެސްގައި ބައިވެރިވެވަޑައިގަންނަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މުސާރައިގެ ހެޔޮ ބަދަލު ދެން ގެންނާނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ލ ގަމުގައި މިހާރު ކުރިއަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސާލިހުގެ ވާހަކަގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށާއި، މިނިމަމް ވޭޖް ކަނޑައެޅުމުން ވެސް މުސާރަތަަކަށް ރަގަޅު ބަދަލެއް އައިސްފައިވާކަމަށެވެ. ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ސަބަބުން ރަގަޅު ގާބިލް ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށް އޮތް ހުރަސް ނައްތާލެވިއްޖެ ދެކެވަޑައިގަންނަވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަހެރި ކުދި ރަށްތަކުގެ ސްކޫލްތައް މުޅި ދުނިޔެއާއި ވާދަކޮށް، ސިއްސައިގެން ދާވަރުގެ މަތީ ނަތީޖާތަކެއް ވެސް މިއަދު ހޯދަމުންދާ ކަމަށާއި ލާމަރުކަޒީ ރާއްޖޭގެ ޖަޒީރާގެ ކުދި ސްކޫލްތަކުން ރަންވަނަތައް ހޯދަމުންދާ ކަމަށެވެ.

މުސާރައަށް ގެންނަ ރަގަޅު ބަދަލުތަކުގެ ސަބަބުން ރަގަޅު ނަތީޖާއެއް ނެރެވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދެން މުސާރައިގެ ހެޔޮ ބަދަލެއް ފެންނާނީ ސިއްހީ ދާއިރާގެ ތެރެއިން ކަމަށެވެ.

އެ ނިޒާމަކީ ގޮންޖެހުންތަކާއިއެކު އަދިވެސް ފުރިހަމަކުރަން ޖެހިފައިވާ ނިޒާމެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

”ސިއްހީ ނިޒާމް ފުރިހަމަކުރަން ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ. އެޔާއެކުވެސް ރާއްޖޭގައި ސިއްހީ ހިދުމަތް ސަރުކާރުގެ ކޮންމެ ހިޔާ ވައްސަކަށް ބޭނުންވާ އިތުރު ބަދަލާ ފުރިހަމަކަން ގެނައުމަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން،“

އެމަނިކުފާނު ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޯބައިލް ލެބޯޓްރީގެ ހިދުމަތް އަމާޒުކޮށްފައިވަނީ އެ ހިދުމަތް ކުރިން ނެތް ރަށްތަކަށް ކަމަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާ މިއަހަރު ނިންމުމަށްފަހު އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވިދާޅުވެފައިވ އެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްފައި ވަނީ ދިރާސާ ހެދުމަށްފަހުއެވެ.

މި ސަރުކާރުން މިހާތަނަށް ރަގަޅު ބަދަލެއް ގެނެސްދީފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ރައީސް ސާލިހު ފާހަގަކުރެއްވީ 2018 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ 70 ޕަސެންޓް ރަށްތަކުގައި ފެނާ ނަރުދަމާގެ ނިޒާމު ނެތްކަމަށާއި ނަމަވެސް އެމަނިކުފާނުގެ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކާއި ގެއަކަށް ފެނާ ނަރުދަމާގެ ހިދުމަތް ލިބޭނެކަމަށެވެ.

މީގެ އިތުރުން ބާވެ، އަޑުގަދަ އަދި ބޯދުންތައް އަރަމުންދިޔަ އިންޖީނުތައް ނިއްވާލައި، އާ އިންޖީނުގެތައް އެޅުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ ދުރު އަދި މެދުރާސްތާގައި އިއާދަކުރަނިވި ހަކަތައަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: