ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހަމައެކަނި ރިޔާސީ އިންތިހާބާއި ދިމާކޮށް ވެވަޑައިގެންނެވި ވައުދެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ވެރިކަން ކުރަން ޖެހޭނެ ކަމަށް ރައީސް އީމާންވެލައްވާ ގޮތް ކަމަށް އަދާލަތު ޕާޓީގެ ރައީސްކަން ކުރައްވާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން މިއަދު ފެށި ”ވިއަވަތި“ ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ.
ގުރުއާނުން މިސާލު ނަންގަވާ އިމްރާން ވިދާޅުވީ ހެޔޮވެރިކަމެއްގައި ހުންނަން ޖެހޭ ސިފަތަކަކީ ރައްޔިތުންނާ މެދު އޮންނަންޖެހޭ އޯގާވެރިކަމާއި ގާތްކަންކަމަށެވެ. އިމްރާން ވިދާޅުވީ ”ވިއަވަތި ރާއްޖެ“ މި ކޮންފަރެންސްއަށް ގިނަ ފަރާތްތަކަކުން އެއްވެ މިތިބީ މިއަދުގެ މި ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި އެންމެ ފުރިހަމައަށް ފެންނާތީކަަމަށެވެ.
މިއީ ހެޔޮވެރިކަމެއްގައި ހުންނަން ޖެހޭ ސިފަތައް. ރައްޔިތުންނާ މެދު އޮންނަންޖެހޭ އޯގާވެރިކަން. ރައްޔިތުންނާ މެދު އޮންނަންޖެހޭ ގާތްކަން. މިއަދުގެ މި ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި އެންމެ ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން މިތަނަށް އެއްވެ މިތިބީ
ރައީސް ސާލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމުގެ މިވީ ދުވަސްތަކުގައި މަރުކަޒީ ބާރުވެރިކަން ދޫކޮށް، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމަށް ކުމީގެ އިތުރުން އިމްރާން ވިދާޅުވީ މިއަދު އެންމެ އިސްކަން ދޭންވީ އެއްކަމަކީ ރައީސް މުޅި ރާއްޖެއަށް ދޫކުރެއްވި ލާމަރުކަޒީ ސިޔާސަތު ހިފެހެއްޓޭނެ ގޮތް ވުން ކަމަށެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ މިއަދު އެންމެ އިސްކަން ދޭންވީ އެއްކަމަކީ ރައީސް މުޅި ރާއްޖެއަށް ދޫކުރެއްވި ލާމަރުކަޒީ ސިޔާސަތު ހިފެހެއްޓޭނެ ގޮތް ވުން ކަމަށެވެ.

