ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސް، ވޯލްޑްބޭންކުގެ ކަންބޮޑުވުން!

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ބޭންކުން ޝާއިޢުކޮށްފައިވާ ”މޯލްޑިވްސް ޕްބްލިކް އެކްސްޕެންޑިޗާ ރިވިއު“ ރިޕޯޓުގައި، ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތާއި މެދު ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ، ކޮވިޑު 19 ގެ ދުވަސްވަރާއި ދިމާކޮށް ސަރުކާރުން ނެގި ލޯނުތައް އަމާޒުކޮށްފައި ވަނީ ކުރު މުއްދަތަކަށް ނޫން ކަމަށެވެ. ކޮވިޑާއި ކުރިމަތި ލުމުގެ ކުރިން ވެސް ރާއްޖެއަށް ދަރަނީގެ ދަތިކަން އޮތީ ދަރަނީގެ ދަތިކަން ދިމާވެފައިކަން ފާހަގަކޮށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ، އިގްތިސާދަށް އައި ލޮޅުމާއި އެކު އާމްދަނީ ލިބޭނެ ބައެއް ދޮރުތައް ބަންދުވުމުން ސަރުކާރުން އާ ލޯނުތަކެއް ނެގީ ކަމަށެވެ. އޭގެ ސަބަބުން 2020 އާއި 2021 ގައި ނެގި ލޯނުތަކުގެ ނިސްބަތް ވަރަށް ބޮޑު ތަނުން އިތުރުވެގެން ދިޔަކަމަށް ރިޕޯޓުގައި ވެއެވެ.

އެގޮތުން ފަސް އަހަރުގެ މުއްދަތަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކާއި އިންޑިއާ ސަރުކާރުން 250 މިލިއަން އެމެރިކާ ޑޮލަރު ހިމެނުނު ނަމަވެސް މި މުއްދަތުގައި ކޮންޓްރެކްޓް ކުރެވުނު އާ ކޮމިޓްމަންޓްތަކުގެ ބޮޑު ބައެއް އަމާޒުކޮށްފައި ވަނީ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށްކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި ސަރުކާރުން ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް 400 މިލިއަން އެމެރިކާ ޑޮލަރު، ޑިފެންސް ޕްރޮޖެކްޓަށް 50 މިލިއަން އެމެރިކާ ޑޮލަރު، އަދި ކުޅިވަރު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓަށް 40 މިލިއަން އެމެރިކާ ޑޮލަރު އިންޑިއާގެ އެގްޒިމް ބޭންކުން ސޮއިކޮށް، ލައިން އޮފް ކްރެޑިޓްގެ ދަށުން ނަގާފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓާއި، މަގުތައް ތަރައްގީ ކުރުމަށް 246 މިލިއަން އެމެރިކާ ޑޮލަރުގެ ގެރެންޓީތަކެއް ދީފައިވާކަމަށް ރިޕޯޓުގައި ވެއެވެ.

ރާއްޖޭގެ ދަރަނީގެ ދަތިކަން އޮތްކަމާއި، އެއީ ނުރައްކަލެއްގެ އިޝަރާތެއްގެ ގޮތުގައި ފާހަގަކޮށް ވޯލްޑްބޭންކުން އިތުރަށް ބުނީ އެންމެ ފަހުން ޝާއިއުކުރި ޖޮއިންޓް ވޯލްޑް ބޭންކް އައިއެމްއެފް ޑެޓް ސަސްޓެއިނަބިލިޓީ އެނަލިސިސް  ގައި ޑެޓް ޓު އެކްސްޕޯޓް ރޭޝިއޯ ފިޔަވައި އެހެން ހުރިހާ އިންޑިކޭޓަރުތަކަކީ ބޭސް ލައިން ސިނާރިއޯގެ ދަށުން އެ އިންޑިކޭޓަރުތަކެއްގެ ތެރެޝްހޯލްޑްތަކާއި ހިލާފު އިންޑިކޭޓަރުތަކެކެވެ. ފައިނޭންޝަލް ތްރެޝްހޯލްޑަކީ މާލީ އަގު އެންމެ ބޮޑުވާ ގޮތަށް ފާސްކޮށްފައިވާ ޕްރޮޖެކްޓް ބަޖެޓް ނުވަތަ ފައިނަލް ޕްރޮޖެކްޓް ކޮސްޓެވެ.

ރިޕޯޓުގައި ވާ ގޮތުން ސަރުކާރުން ވަނީ ކެޕިޓަލް ސްޕެންޑިންތައް މަތީ ފެންވަރެއްގައި ހިފަހައްޓާފަ އެވެ. ސުކޫކް ދޫކުރުމާއި އެއާ ގުޅުންހުރި ލައިބިލިޓީ މެނޭޖްމަންޓް އޮޕަރޭޝަންގެ ސަބަބުން ކުރު މުއްދަތުގެ ރޯލް އޮވާރ ރިސްކްތައް ކުޑަވިއިރު، 2026 ވަނަ އަހަރު 100 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވަރިން ބޮންޑުން ފައިސާ ދެއްކުމުގެ ބޮޑު ބަންޗިންގ އެއް އުފެދިފައިވެއެވެ. އަދި މިހާރު ހުރި ދަރަނީގެ ޖުމްލަ ދަރަނީގެ ހިދުމަތުގެ ހަރަދު 2026 ވަނަ އަހަރު 900 މިލިއަން އެމެރިކާ ޑޮލަރަށް ފުންމާލާނެ ކަމަށް ލަފާކުރެވެނީ 2019 ވަނަ އަހަރުގެ ޖީޑީޕީގެ 16 ޕަސެންޓް ނުވަތަ 2019 ވަނަ އަހަރުގެ އާމްދަނީގެ 60 އިންސަައްތަ އާއި އެއްވަރަށެވެ.

މިއިން ބައެއް ފައިސާ އަނބުރާ ދެއްކުމަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން ބައެއް ގޮތްގޮތުން ފައިނޭންސް ކުރެވިދާނެ ނަމަވެސް، މި އާމްދަނީތަކުން ބޭރުގެ ދަރަނީގެ ހިދުމަތުގެ ހަރަދުތައް ދެއްކުމަށް ފުދޭވަރުގެ އާމްދަނީއެއް ލިބޭނެ ކަމަކަށް ނުބެލެވޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ

ވޯލްޑްބޭންކުން ބުނީ ދަރަނީގެ ހާމަކަން ބޮޑުކަމާއި ދަރަނި ބެލެހެއްޓުމުގެ ކަންކަން ރަނގަޅުވި ނަމަވެސް އާންމު ދަރަނި ބޮޑުތަނުން އިތުރުވުން ކުޑަކުރުމަށް ސަރުކާރަށް އެކަަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށެވެ. ދަރަނީގެ ހާމަކަން ބޮޑުކަމާއި، ދަރަނި ބެލެހެއްޓުމުގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރިކަމަށް ރިޕޯޓުގައި ވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 53%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: