ކީރިތި ރަސޫލާއާއި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެއްފަދަ ކުރުމަކީ ކުފުރުގެ އަމަލެއް ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތައުބާ ވުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ގޮވާލައްވައިފިއެވެ.
ރައީސް ސޯލިހު ކުރައްވަނީ ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދަ ހެޔޮ ވެރިކަމެއް ކަމަށް ޝައިހް އިމްރާން ވަނީ ލ އަތޮޅުގައި ”ވިއަވަތި“ ކޮންފަރެންސް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. އަދި އިމްރާން ވަނީ ރައީސް ސޯލިހުގެ ވެރިކަމާއި، ކިރީތި ރަސޫލާ ކުރެއްވި ވެރިކަމާ އެއްފަދަކުރައްވާފައެވެ.
މަގާމުގެ ދިފާއުގައި ނުވަތަ ސިޔާސީ މަންފާއަށްޓަކައި ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަވާފާނެކަމަށް ބުނެ އިމްރާންއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ މި ދަނޑިވަޅުގައި ޓުވީޓެއްކުރައް ޑރ ޖަމީލް ވިދާޅުވީ، ކީރިތި ރަސޫލާ އަކީ އަޝްރަފުލް މަޚްލޫގާތު ކަމަށާއި ބަނގުރަލުގެ ހުކުމް އައިސްފައިތިބި އަދި ދީނުގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނާ، އެކަލޭނގެފާނާ މުގާރަނާ ކުރުން އުޅުމަކީ ކުފުރުގެ އަމަލެއް ކަމަށެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޖަމީލް، އިމްރާންއަށް ގޮވާލީ ތައުބާވުމަށެވެ.
ކީރިތި ރަސޫލާ އަކީ އަޝްރަފުލް މަޚްލޫޤާތު. ބަނގުރަލުގެ ޙުކުމް އައިސްފައިތިބި އަދި ދީނުގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނާ އެކަލޭނގެފާނާ މުޤާރަނާ ކުރުން އުޅުމަކީ ކުފުރުގެ ޢަމަލެއް. ޢިމްރާން ރައްޔިތުން ކުރިމަތީ ތައުބާވާން ގޮވާލަން. pic.twitter.com/nq3F3PbEiZ
— Mohamed Jameel Ahmed (@MJameelAhmed) September 12, 2022
ރައީސް ސޯލިހު މީގެ ކުރިން ބަނގުރާ ރާއްޖެ އެތެރެކޮށް އެ ވިއްކިކަން ޝަރީއަތަށް ސާބިތުވެ އެކަމުގެ އަދަބު ލިބިފައި ހުންނެވި ފަރާތެކެވެ. ރައީސްގެ މައްޗަށް އެކަން ސާބިތުވީ 1989 ވަނަ އަހަރުގެ ޖެނުއަރީ 25 ގައެވެ. އެކަމާއި ގުޅިގެން އޭރުގެ ފުލުސް ކޯޓުން ހުކުމް ކުރީ 6 މަސް ދުވަހަށް އަރުވާލުމަށެވެ.
ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމަށް އަރައިގަތުން ރައީސް ސާލިހުގެ ވެރިކަމުގައި އާންމުވެފައިވާކަމަށް ގިނަ ބަޔަކު ފާހަގަކުރަމުން އަންނައިރު، ރައީސް ސާލިހުގެ ވެރިކަމާއި ރަސޫލާ ކުރެއްވި ވެރިކަމާއި އިމްރާން އެއްފަދަ ކުރުމުން ގިނަ ބަޔަކު އަންނަނީ އޭނާ ކުފުރުވީކަމަށް ބުނަމުންނެވެ.


One Response
ޒިނޭ އާއި ކޮރަޕްޝަން އަދި ބަނގުރާ ބޯ ކަމުގެ ތުހުމަތު ކުރަމުންގެންދާ އިބްރާހިމް މުހައްމަދު ސާލިހާއި މިއުއްމަތުގެ މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އާއި އެއްހަމަ ކުރުމަކީ ތައުބާވަން ޖެހޭ ކަމެއް ކަމުގައި ނޫނީ ނުވާނެ.