ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު ބިދޭސީންނަށް މިނިމަމްވޭޖް ކަނޑައެޅުން ރަނގަޅެއް ނޫން: ހުސެއިން

ހުސެން މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތަށް ބަލައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖް މިވަގުތު ކަނޑައެޅުން ރަނގަޅު ނޫން ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ވަޒީފާ އާއި ބެހޭ ގާނޫނަށް ހުށައެޅި އިސްލާހަށް ބަހުސް ކުރައްވަމުން ހުސެން ވިދާޅުވީ އެ އިސްލާހުގައި މުއްދަތެއް ޖެހުމަށް ފަހު އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށެވެ.

މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ބިދޭސީންނަށް ދިނުން ލާޒިމުވާނީ އެ ޤާނޫނު ތަސްދީގުވެ އެންމެ ކުޑަ އުޖޫރަ ތަންފީޒުކުރަން ފަށާތާ 2 އަހަރު ފަހުންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބިދޭސީންގެ އެންމެ ކުޑަ އުޖޫރަ ކަނޑައެެޅުން ޤާނޫނުގައި ލާޒިމްކޮށްފައިވެއެވެ.

އެ އިސްލާހު މަޖިލީހަށް ހުށައެޅަޅުއްވާފައިވަނީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދެވެ.

އެ ބިލުމުގެ ބުނެފައިވަނީ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދޭން ފަށާނެ ވަކި ތާރީހެއް ކަނޑައެޅުމުގެ ބަދަލުގައި އެކަމަށް އަމަލުކުރަން ފަށާނީ ރާއްޖޭގެ އިގްތިސާދީ ގައުމުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އަރުވާ ލަފައެއްގެ މަތިން މިނިސްޓަރު ކަނޑައަޅުއްވައި އާންމުކުރާ ތާރީހެއް ގާނޫނުގައި ކަނޑައެޅުން ކަމަށެވެ.

ހުސެން ވިދާޅުވީ މިނިމަމް ވޭޖަކީ އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަމަށާއި އެންމެ ކުޑަމިނުން ދެވޭ އުޖޫރައިގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރަނީ ކިތައްމީހުން ތޯ ވިދާޅުވެ ވަނީ ސުވާލު އުފައްދަވާފައެވެ.

މިނިމަމްވޭޖް ބޮޑަށް ފޯލްވެގެންދާނީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ މީހުން ކަމަށާއި އޭގެ އިތުރުން ތަންތަން ސާފުކުރާ މީހުންފަދަ އެންމެ ދަށްފަންތީގައި މަސައްކަތްކުރާ ފަރާތްތައް އެ ކެޓެގަރީގައި ހިމެނިގެންދާއިރު ދިވެހިރާއްޖޭގައި އެފަދަ ވަޒީފާތަކުގައި އުޅެނީ ކިތައް މުވައްޒަފުންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ހުސެން ވިދާޅުވީ ވަޒީފާތަކަށް ދިވެހިންނަށް ޑިމާންޑް އޮވެ ބޭރުމީހުންނަށް ފުރުސަތު ލިބިގެންދާނެ ވަޒީފާތަކރެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އިގްތިސާދަށް ފައިދާ ލިބިގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ހުސެން ވިދާޅުވީ ދިވެހިންނާއި ބޭރުމީހުންނާއި ދެމެދުގައި ވަޒީފާގައި ތަފާތުކުރުންތަކެއް ގެންގުޅެގެން ނުވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ހުސެން ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އެގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި މިނިމަމް ވޭޖް ކަނޑައަޅާފައިވާ ކަމަށާއި ބައެއް ގައުމުތަކުގައި އެކި ސިޓީތަކުގައި މިނިމަމް ވޭޖް ދޭ އުސޫލު ތަފާތުވެފައިވާއިރު އަނެއްބައި ގައުމުތަކުގައި އިންޑަސްޓްރީ ތަކުގައި މިނިމަމްވޭޖް ތަފާތުވެފައިވާ ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އެކިތަންތަނުގައި މިނިމަމްވޭޖް ކަނޑައަޅަނީ އެކިގޮތްގޮތަށް ކަމަށް ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް މިނިމަމްވޭޖް އަދިވެސް ނެތް ގައުމުތައް ހިމެނޭ ކަމަށާއި ނަމަވެސް ދިވެހިރާއްޖެއިން ވަނީ 2020 ވަނަ އަހަރު މިނިމަމް ވޭޖް މަޖިލީހުން ކަނޑައެޅިފައިވާ ކަމަށެވެ.

ހުސެން ވިދާޅުވީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނެވުނު ބޮޑެތި އިސްލާހުތަކުގެ ތެރޭގައި އެންމެ ކުޑަމިނުން ދޭ އުޖޫރަ ކަނޑައެޅުމާއި ސާވިސްޗާޖް ލާޒިމްކޮށް މިހާރު ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ ރިސޯޓެއްގެ އާމްދަނީގެ 10 ޕަސެންޓް އަކީ މުވައްޒަފުންގެ ސާވިސްޗާޖް ގޮތުގައި ޔަގީންކަމާއެކު ލިބިގެންދާނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅިގެން ގޮސްފައިވާ ކަމަށެވެ.

ސާވިސްޗާޖު ދިނުމުގައި ތަފާތުކުރާ މުވައްޒިފުންނަށް އެ މައްސަލަ ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް މައްސަލަ ހުށައަޅައިގެން މައްސަލަ ބެލޭނެ ނިޒާމެއް ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ކަމަށް ހުސެން ވިދާޅުވިއެވެ.

މީގެ އިތުރުން މީރާއިން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް އަހަރަކު އެއްފަހަރު ހަމައަށް ސާވިސްޗާޖު ކަނޑައަޅާފައިވަނީ ރަނގަޅަށްތޯ ވެރިފައިކޮށްދޭން ގާނޫނުން ލާޒިމްކޮށްފައިވާ ކަމަށް ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ ބައެއް ވަޒީފާ ތަކަށް މީހުން ހޯދުމަށް އިއުލާންކުރުމުގައި ތަމަޅަބަހުންނާއި ސިންގަޅަ ބަހުން ވާހަކަ ދައްކާ މީހެއް ކަމުގައި ވާންޖެހޭ ކަމަށް ޝަރުުތުކޮށްފައި ހިމެނޭ ކަމަށާއި ދެން އެވަޒީފާ އަށް ދިވެއްސަކު ނުލިބުން ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީ އަށް ވަޒީފާ ކޯޓާ ހޯދުމަށް ލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހުސެން ވިދާޅުވީ ވަޒީފާއަށް ބޭރުމީހުންނަށް ސީދާ ޓާގެޓްކޮށްގެން ކުރެވޭ އިއުލާންތަކަށް ރަނގަޅަށް ބެލުމަށްފަހު އެކަންކަމަށް ރިއާޔަތްކުރުމަށްފަހު މެނުވީ އެ ފަރާތަކަށް ކޯޓާ ނުދިނުމަށް އިކޮނޮމިކް މިނިސްޓްރީއަށް ގޮވާލާ ކަމަށެވެ.

ހުސެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް ގައި ދުވަހަކުވެސް ދިވެއްސެއް ސީއީއޯ އެއްގެ ގޮތުގައި ލެވޭ ފެންވަރަށް ތަރައްގީ ނުކުރެވޭ ކަމަށާއި ބޭންކް އޮފް މޯލްޑިވްސްގައި ފައިނޭންޝަލް ކޮންޓްރޯލަރަކަށް ދިވެއްސަކު ލެވޭ ވަރަށް ތަރައްގީ ނުކުރެވޭ ކަމަށެވެެ.

ހުސެން ވިދާޅުވީ ވަޒީފާތަކަށް ދިވެހިން ތަމްރީނުކޮށް ދިވެހިންނަކީ ދިވެހިރާއްޖޭގައި ހުރި ކުންފުނިތައް ހިންގޭ ވަރު ބަޔަކަށް ހެދުމަށްކުރަންޖެހޭ ކަންކަން ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: