ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހޯލި ބައްދަލުވުން ތިނަދޫގައި ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން  ކުރިއަށްގެންދާ މަހޯލި ޕްރޮގްރާމްގެ ބައްދަލުވުމެއް ގދ ތިނަދޫގައި ބާއްވައިފިއެވެ.

އެއްދުވަހަށް އިއްޔެ ކުރިއަށްގެންދިޔަ އެ ބައްދަލުވުން ބާއްވާފައިވަނީ  ތިނަދޫގައި ހުންނަ ގައުމީ ޔުނިވަރސިޓީ ހޯލްގައެވެ.

އެ ބައްދަލުވުމުގައި މަޑަވެއްޔާއި ހޯނޑެއްދޫގެ ސަރުކާރުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި މުރާޖާ ކޮމެޓީގެ މެމްބަރުންގެ އިތުރުން މަހޯލަ ގާނޫނާއި ގުޅުންހުރި އިތުރު ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ބައްދަލުވުންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ އައިކޮމްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝިޔާމް އާއި ލީގަލް އޮފިސަރު އައިޝަތު ޔޫސުފް އާއި ޕްރޮގްރާމް އޮފިސަރު ހައްވާ ރައުދާގެ އިތުރުން ފިނޭންސް އޮފިސަރު މަރިޔަމް ނޫރާއެވެ.

ބައްދަލުވުމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަކީ ކޮބައިކަމާއި އިންފޮމޭޝަން އޮފިސަރުންގެ މަސްއޫލިއްޔަތު ތަކާއި ޒިންމާތައް ވަނީ ބައިވެރިންނަށް ކިޔައިދީފައެވެ.

މީގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮންލައިންކޮށް މައުލޫމާތޯ ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ މަހޯލި ޕޯޓަލް ބޭނުންކުރާނެ ގޮތް ވަނީ ކިޔައިދީފައެވެ.

މަހޯލި ޕޯޓަލް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، މައުލޫމާތު ހޯފުމަށް އެދި ހުށައެޅުމުގެ ހައްގު ވީހާވެސް ފަސޭހަގޮތެއްގައި އާއްމުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައާރަފްކޮށްފައިވާ ޕޯޓަލްއެކެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި އެކަންތައް ހައްލުކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ގދ. ތިނަދޫ ކައުންސިލް އިދާރާގެ އިސްވެރިންނާއެކު އައިކޮމް އިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މަހޯލި ޕޯޓަލްއަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް މުއައްސަސާތަކުގައި ތިބޭ ފަރާތްތައް އަހުލުވެރިކުރުމަށް އައިކޮމް އިން ދަނީ ގިނަބައްދަލުވުންތައް ބާއްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: