ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ނަމެއް ފާހެއް ނުވި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ އެއްވެސް ނަމެއް ކޮމެޓީއަކުން ފާހެއް ނުވިއެވެ.

މިދިޔަ މަހުގެ 26ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ތިން ނަމެއް މަޖިލީހަށް ފޮނުވާފައެވެ.

މަޖިލީހުގެ ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު ވޯޓަށް އެހުމުން ތިން ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޖިލީހުގެ ގަވާއިދު ބުނާ އަދަދަކަށް ވޯޓެއް ލިބިފައެއް ނުވެއެވެ.

މަޖިލީހުގެ ޤަވައިދު ބުނާގޮތުން މިނިވަން މުވައްސަސާއަކަށް އައްޔަންކުރާ ބޭފުޅަކަށް 12 މެމްބަރުން ތިއްބަވާ ކޮމެޓީންގެ ތިންބައިކުޅަ ދެ ބައިވޯޓް ޖުމްލަ 8 ވޯޓް ލިބެންޖެހޭނެއެވެ. އެހެންނަމަވެސް މި ތިން ބޭފުޅުންނަށްވެސް ލިބިވަޑައިގަތީ 7 ވޯޓެވެ. ކޮމެޓީން އެއްވެސް ބޭފުޅަށް ލިބެންޖެހޭ މިންވަރަށް ވޯޓް ނުލިބުމުން އެ ނަންތައް މަޖިލީހުންވަނީ ބޭރުވެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރޗް މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: