ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަރުކާރުގެ ފަރާތުން “މަހޯލި ޕޯޓަލް” ތައާރަފްކޮށްފި

އިންފޮމޭޝަން ކޮމިޝަނަރ އަހުމަދު އާހިދް ރަޝީދު: ފޯޓޯ/ އައިކޮމް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން “މަހޯލި”ގެ ނަމުގަ މައުލޫމާތަށް އެދުމަށް ބޭނުންކުރާނެ އޮންލައިން ޕޯޓަލްއެއް ތައާރަފް ކޮށްފިއެވެ.

މިއަދު އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ފަރާތުން ނޫސްވެރިންނާއި ބައްދަލުކޮށް ތަޢާރަފްކޮށްދެއްވި “މަހޯލި ޕޯޓަލް” އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މަސައްކަތްތަކަށް ފަސޭހަކަމެއް ގެނައުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ވަސީލަތެކެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުން ހޯދުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މި ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެކަން ފާހަގަކޮށްލެވެއެވެ. އަދި ހަމަ އެފަރާތްތަކުން މި ޕޯޓަލް މެދުވެރިކޮށް ހުށައެޅިފައިވާ ކަންކަމަށް ޖަވާބުދާރީވާނެ ހިނދު އިދާރާއަކުން ހޯދުމަށް އެދޭ މައުލޫމާތު ނުލިބިއްޖެ ހާލަތުގައި އިންފޮމޭޝަން ކޮމިޝަނަރަށް ޝަކުވާ ނުވަތަ އިލްތިމާސް ހުށައަޅާނެ ނިޒާމެއްވެސް މި ޕޯޓަލްގެތެރޭގައި ފަރުމާކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ދައުލަތުގެ ފަންސާހަށް ވުރެންގިނަ މުއައްސަސާތައް ހިމަނައިގެން ތަޢާރަފް ކުރެވިފައިވާ މިޕޯޓަލްގައި މިނިސްޓްރީތަކުގެ އިތުރުން މިނިވަން މުއައްސަސާތަކާއި ކައުންސިލްގެ އިދާރާތައްވެސް ހިމެނިފައިވެއެވެ. އަދި ކުރިއަށް އޮތް އިތުރު އިދާރާތަކަށް މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހޯދުމަށް އެދެވޭނެކަންވެސް ފާހަގަކޮށްލެވެއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި މިހާރުގެ އިންފޮރމޭޝަން ކޮމިޝަނަރ އަހްމަދު އާހިދު ރަޝީދާއި ނޫސްވެރިން ވަނީ ސުވާލުތަކެއްކޮށްފައިއެވެ. އެގޮތުން މަހޯލި ޕޯޓަލް މެދުވެރިކޮށް ހުށައަޅާ މައުލޫމާތު އާއްމުންނަށް ފެންނާނެތޯ ސުވާލު ކުރުމުން އާހިދް ވިދާޅުވީ، އެ މައުލޫމާތު އާއްމުނަށް ފެންނާނެ ގޮތަށް ހެދުމަކީ ހުށައަޅާ ފަރާތައް ލިބިގެންވާ ހައްގެއް ކަމަަށެވެ.

މީގެ އިތުރުން ނޫސްވެރިން ވަނީ އާހިދު ނިންމަވާ ނިންމުންތަކަށް ސަރުކާރުގެ ނުފޫޒު ފޯރާތޯ ސުވާލުކޮށްފައިއެވެ. ޖަވާބުގައި ވިދާޅުވީ ކުރީގެ ކޮމިޝަރަށްވެސް އެއްވެސް ފިއްތުމެއް އައިސްފައިވާކަމަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި އެނާއަށް އެއްވެސް ނުފޫޒެއް ފޯރާފައިނުވާކަމަށް ޔަގީންކަމާއިއެކު ވިދާޅުވެލައްވާކަމަށް ފާހަގަކުރަށްވާ އެނާ އިޝާރާތްކުރެށްވީ ބައެއް ނިންމުންތައް އިސްތިއުނާފުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: