ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫނަށް ދަގަނޑު ހެރުނު ބިދޭސީ މީހާގެ ޙާލު ސީރިއަސް!

އޭޑީކޭ ހޮސްޕިޓަލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރުގައި ހަދަމުންދިޔަ އިމާރާތެއްގެ ވައިގޮޅިން ނަގަން އުޅުނު ދަގަނޑުތަކެއް ވެއްޓި، އެއިން ދަނގަޑެއް މޫނަށް ހެރުނު ބިދޭސީ މީހާގެ ގައިން އެ ދަގަނޑު ނަގާފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

”ސަންގު”އަށް އިނގިފައިވާ ގޮތުގައި މި ހާދިސާގައި މޫނަށް ދަގަނޑު ހެރި ޒަޚަމްވެފައިވާ ބިދޭސީ މީހާގެ މޫނުން އެ ދަގަނޑު މިހާރުވަނީ ނަގާފައެވެ. އަދި އެ ދަގަނޑު ނެގުމަށް 8 ގަޑީ އިރުގެ އޮޕަރޭޝަނެއްވަނީ ކޮށްފައެވެ.

އޭނާގެ މޫނުން ހެރުނު ދަގަނޑު ގައިގެ އެތެރެއަށް ތިން ފޫޓަށް ވެދައި ހުއްޓެވެ. އަދި އެ ނެގި ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން  އެ ބިދޭސީ މީހާ ބާއްވާފައި އޮތީ އައިސީޔޫގައެވެ.

އިމާރާތެއްގެ މައްޗަށް ދަގަނޑުތަކެއް އަރުވަނިކޮށް، އެތަނުން ދަނގަޑެއް ވެއްޓި މީހެއްގެ މޫނަށް ހެރިފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އިއްޔެ ހެނދުނު 11:30 ހާއިރުއެވެ. އަދި މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުންދަނީ ބަލައި ތަހުޤީގުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: