ބެގް ބޮރޯ ސްޓީލްގެ މިސާލަށް އަޅުގަނޑުގެ ނަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންކުރެއްވީރީ ފަހުރުވެރިވާކަމަށް، ޕީޕީއެމްގެ ސެނެޓު މެންބަރު، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
’ބެގް ބޮރޯ އޮރ ސްޓީލް‘ އަކީ ރައީސް ޔާމީން 2018 ގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަމުން ވިދާޅުވި، އިގިރޭސިން ކުރީއްސުރެން ކިޔައި އުޅޭ ފަރަންޖީ ’ހާޑް ވޯޑް’ އެކެވެ. ޕީޕީއެމްއިން ސައިޒު ދައްކާލުމަށް ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޔާމީން ވަނީ ވަޒީފާއެއް ނުލިބިފައި ތިބޭ ޒުވާނުން ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށް ވިދާޅުވެފައި އެވެ.
ރައްޓެހިވެގެން އުޅޭ ކުއްޖާއަަށް ފޯނެއް ދިނުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިސާލެއްގެ ގޮތުގައި ނަރީޝްގެ ނަން ރައީސް ބޭނުންކުރެއްވި އެވެ.
އެމީހަކު ބޭނުންވާ ކަމަކަށް ފައިސާ ނުލިބިއްޖިއްޔާ އެކަމަކު އެކަމަކީ ކުރަންޖެހޭ ކަމަކަށް ވެއްޖިއްޔާ، އާ މިއޮށް ގާލް ފްރޭންޑް ކަޓަނީ. އެހެން މީހަކު އެއޮށް އޮފާ ކުރަނީ މޯބައިލް ފޯނު. ދެން ނަރީޝްއަށް މަޖްބޫރު ވާނީ ކޮންކަމެއްތޯ؟ ނަރީޝްއަށް ކުރަން މަޖްބޫރުވަނީ ބެގް ބޮރޯ އޯ ސްޓީލް. ހޯދުނު ގޮތަކަށް މޮބައިލް ފޯނު ހޯދައިދޭން.
ރޭ ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ޒުވާނުންގެ ހާލަތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ މި ސަރުކާރުން ދިވެހި ޒުވާނުންނަށް ހަދާނެ ގޮތެއް ހަދައި، ދަރަނި ދައްތުރައެއްގައި ޖައްސައިފިކަމަށެވެ. އަދި އޭނާ ސުވާލުއުފެއްދެވީ މިވަރުންވެސް ”ބެގް ބޮރޯ ސްޓީލް“ ކިޔަންވީ އޭނާއަށްތޯއެވެ. ދިވެހި ޒުވާނުން ބެގްކުރަންޖެހޭ ހާލަތައް ގެންދިޔައި ދިވެހި ސަރުކާރުންކަމަށާއި، އަދި ބޮރޯކުރަން މަޖުބޫރުކުރީވެސް ސްޓީލްކުރަން މަޖުބޫރު ކުރީވެސް ދިވެހި ސަރުކާރުންކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި އޭނާ ސުވާލުއުފެއްދެވީ މިވަރުންވެސް ”ބެގް ބޮރޯ ސްޓީލް“ ކިޔަންވީ އޭނާއަށްތޯއެވެ.
ނަރީޝް ވިދާޅުވީ ޒުވާނުން ބެގްކުރަންށާއި އަދި ބޮރޯކޮށް، ސްޓީލްކުރަން ނުޖެހޭނީ ޒުވާނުން މި ހާލަތައް ވައްޓާލުމުގެ ސަބަބެއްކަމުގައިވާ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށްގެންކަމަށެވެ. ނަރީޝް ވިދާޅުވީ މި ސިޔާސަތުތައް ބަދަލުކުރަން މި ސަރުކާރުން ކުރި އެއްވެސްކަމެއް ނެތްކަމަށާއި ޒުވާނުންގެ ވަޒީރު ދެއްކެވި ވާހަކައެއްވެސް ނެތްކަމަށެވެ.
އަދިވެސް އެވާހަކަތައް ދައްކަންޖެހެނީ އެބޭފުޅުންކަމަށް ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ އެ މިސާލު ޖެއްސެވުމުގައި ރައީސް ޔާމީން އޭނާގެ ނަން ބޭނުންކުރީތީ އުފާވެ، ފަހުރުވެރިވާކަމަށެވެ.
އެއީ ބެގް ބޮރޯ ސްޓީލް އެވަނީ އެ ޒުވާނުންނަށް ކީއްވެގެންކަން އެބުނުމަށްޓަކައި އެ މިސާލުގަ އަޅުގަނޑުގެ ނަން ބޭނުންކުރީތީ، އަޅުގަނޑުގެ ނަން ބްރޭންޑެއްގެ ގޮތުގައި ބޭނުންކޮށްގެން އެ ވާހަކަދައްކާތީ އެ ވާހަކަ ރައްޔިތުންނަށް ކިޔާދޭން އަޅުގަނޑު މާ އުފާވެޔޭ، މާ ފަހުރުވެރިކަމާއިއެކު އެވާހަކަ ކިޔާދޭ ހިތް އަޅުގަނޑުގެ ވެޔޭ
ނަރީޝް ވިދާޅުވީ އޭނާ ބްރޭންޑެއްގެ ގޮތުގައި ބޭނުންކުރައްވާ، ރައީސް ޔާމީން އެވާހަކަތައްދެއްކެވީތީ އުފާވާކަމަށެވެ.

