ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުން ގަސް ނުކެނޑުމަށް ކައުންސިލުން އެދުނިން: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

”މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް“ ގެ ދަށުން ކުރިޔަށް ގެންދާ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ބައެއް ގަސްތައް ކަނޑަމުން ދާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމާއި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުން އެއީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. އަދި މި ޕްލޭންގެ ދަށުން ވެހިކަލްތަކަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާ، ބޮޑެތި ހުރިހާ މަގެއްގައި ޒަމާނީ ފެންވަރަށް ތާރު އެޅުން ވެސް ހިމަނާފައި އޮތީ ސިޓީ ކައުންސިލުގެ މެންޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށް މަރާމާތު ކުރުމުގެ މަޝްރޫއާއި ގުޅިގެން ސިޓީ ކައުންސިލާއި ރޯޑް ޑެވެލޮމަންޓް ކޯޕަރޭޝަން (އާރުޑީސީ) ދެމެދު މައްސަލަ ޖެހުނެވެ. މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލައި ދެގުނަ ބޮޑުކޮށް އާރުޑީސީއާ ހަވާލުކުރީ ޕްލޭނިން މިނިސްޓްރީންނެވެ.

މިދިޔަ ހަފްތާގައި މަޝްރޫއުގެ މަސައްކަތް ފަށައި، އެ މަގުގައި ހުރި ބައެއް ގަސްތައް ކަނޑަމުން ގެންދާތީ އާއްމުން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި އެކަމުގައި ބައިވެރި ވަނީ ސިޓީ ކައުންސިލްކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި މުއިއްޒު ރައްދު ދެއްވި އެވެ. މޭޔަރު ވިދާޅުވީ މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމުގެ މަޝްރޫއަށް ވީ އެއްބަސްވުން އަދިވެސް އޮތީ ސައްހަ އެއްބަސްވުމެއްގެ ގޮތުގައި ކަމަށެވެ.

ސިޓީ ކައުންސިލާއި، އާރުޑީސީ ދެމެދު ދެބަސްވުންތަކެއް ދިޔަ ނަމަވެސް މިއީ ރައްޔިތުންގެ މަސްލަހަތު ހުރި މަޝްރޫއެއްކަމުން ދަތި ކުރުމުގެ ބަދަލުގައި އެއްބާރުލުން ދޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަމީނީ މަގުން ނަގާ ގަސްތައް އިންދާނީ ކުޑަގިރީގައި
ރަނގަޅު ފެންވަރަކަށް އަމީނީ މަގު އަލުން ހެދުމަށް ޓަކައި، އެމަގުގައި ހުރި ގަސްތައް ނަގަނީ/ ފޮޓޯ: އަދަދު

ގަސް ކެނޑުމުގައި ސިޓީ ކައުންސިލްގެ އެއްވެސް ދައުރެއް އެބައޮތް ތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ އޮތް އެއްބަސްވުމުގައި ވެސް ގަސްތައް ކަނޑާލުމުގެ ވާހަކަތަކެއް ނެތް ކަމަށެވެ. އާރުޑީސީގެ މަޝްރޫއު އާއި ހަމައިން ގަސްތައް ކެނޑުމުގައި އެހީވުމަށް ހުށަހެޅުމުން ގަސް ނުކެނޑުމަށް އެދިފައިވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

”އެއްވެސް ގަހެއް ނުނަގާ ކުރިއަށްގެންދާށޭ، ދެން އަދި އޭގެ އިތުރަށް އަޅުގަނޑުމެން ބޭނުމޭ އަޅުގަނޑުމެންގެ ކައުންސިލުގެ ސްޓްރެޓްޖިކް ޕްލޭންގެ ތެރެއިން ހިންގާ ވަރަށް މުހިންމު މަޝްރޫއެއް މިއީ އެއް ލައްކަ ގަސް ޕްރޮގްރާމް. އަޅުގަނޑުމެން ގަސް ކަނޑާ ބައެއްގެ ބަދަލުގަ އަޅުގަނޑުމެން މިއީ ގަސް އިންދާ ބައެއް ބަޔަކައްވާން“ މުއިއްޒު

ސިޓީ ކައުންސިލުގެ އަމާޒަކީ، މާލެެއަކީ ހިތް ފަސޭހަ ފެހި ތަނަކަށް ހެދުންކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ގަސް އިންދުން ވެސް ހިމެނޭނެ ކަމަށެވެ. އަދި އެކަން ކައުންސިލުން ތަންފީޒު ކުރާކަމަށް މުއިއްޒު ވިދާޅުވި އެވެ.

”އެހެންވީމަ އަޅުގަނޑުމެން ބޭނުންވީ އަމީނީ މަގުގަ ގަސް މަދު ހިސާބުގަ ގަސް ޖަހަން“ ރައީސް ނަޝީދު

މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާ ގަސް އިންދުމުގެ ޕްރޮގްރާމްތައް ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް އެދިފައިވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ތަރުރާރުކޮށް ފާހަގަކުރެއްވީ އަމީނީ މަގުން ގަސް ކަނޑުމަކީ ސިޓީ ކައުންސިލުން ކުރާކަމެއް ނޫންކަމަށާއި ހަމައެކަނި ދިނީ އެއްބާރުލުންކަމަށެވެ.

”އަދި އެކަމުގަ އަޅުގަނޑުމެން އެއްބަސް ނުވާކަންތައްތަކެއް ހުއްޓަސް އެކަންކަމުގައި އަޅުގަނޑުމެންގެ އަޑުއުފުލުމަށްފަހު، އަޅުގަނޑުމެންގެ ބަސް ރަސްމީކޮށް އިއްވުމަށްފަހު، ލިޔެކިއުމުންނާއިއެކީގަ. ދެން އަޅުގަނޑުމެން ދެވެން އޮތް އެހީތެރިކަމެއްދޭނަމޭ“ ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގަހެއް ރަނގަޅަށް ހެދިބޮޑުވުމަށް 15 ނޫނީ 20 އަހަރު ނަގާ ކަމަށާއި އެހެން ނަމަވެސް މަގެއް ހެދުމަށް ނަގަނީ ދެތިން މަސްކަމަށެވެ. އެހެންކަމުން ގަސްތައް ނުނަގައި މަގު ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރިކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި އަދި އާރުޑީސީ ވެސް މިކަންކަމަށް ބައްލަވައިގެން ގަސްތައް ނުކަނޑައި މަގުތައް ހެދޭނެ ގޮތެއް ހޯދުން މުހިންމު ކަމަށެވެ.

”އަޅުގަނޑު އުއްމީދުކުރަން މާލޭ ސިޓީ ކައުންސިލްއިންނާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންސްއިން ވެސް މި ކަންކަމަށް ބައްލަވައި ގަސްތައް ނުކަނޑައި މަގުތައް ހެދޭނޭ ގޮތެއް ހޯއްދަވާނެ ކަމަށް“ ރައީސް ނަޝީދު

މި މައްސަލައިގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު ވިދާޅުވެފައި ވަނީ މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށާއި އެހެން ނަމަވެސް މަގުގައި ހުރި ބައެއް ގަސްތައް ނަގަންޖެހޭ ކަމަށެވެ. މޫކޭ ވިދާޅުވެފައި ވަނީ ގަސްތައް ކެނޑި ނަމަވެސް މަސައްކަތް އެއްކޮށް ނިމޭއިރު ކޮންމެ ގަހަކަށް ގަހެއް އިންދާފައި ހުންނާނެކަމަށެވެ.

ގަސްތައް ނަގާ މައްސަލަ މީޑިއާތަކުން ވެސް ރިޕޯޓު ކުރަމުންދާއިރު، ފާޑުކިއުންތަކާއި އެކު އާރުޑީސީން ބުނީ އެ މަގުގައި އިތުރު ގަސްތައް އިންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: