ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތަކާއި ގުޅިގެން ޕީއެސްއެމްގެ ބޯޑާއި ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު މަޖިލީހަށް ހާޒިރު ކުރަނީ!

ޕީއެސްއެމް ހިންގާ އިމާރާތް / ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ޕީއެސްއެމްގެ ބޯޑާއި ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަރަން ނިންމައިފިއެވެ.

ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް އެ މަގާމުން ވަކިކުރުމާ އެކު، މީޑިއާތަކަށް މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ އޮޑިޓް ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލައި، 14 ރިޕޯޓް ތައްޔާރުކޮށް ބޯޑަށް ހުށަހެޅި ކަމަށެވެ. އަދި އެ ރިޕޯޓުތަކާ ގުޅިގެން ބޯޑުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ބުނެފައި ވެ އެވެ.

މި މައްސަލަތަކަކީ ދައުލަތަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ ގެއްލުންވާ ގޮތަށް ހިންގާފައިވާ މުއާމަލާތްތައް ކަމަށްވެސް ފަޒީލް ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމް އިން ވަނީ އެސްއޯއީ ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ. ސިޓީގައިވާ ކަންކަމާއިމެދު ކޮމިޓީޏް މަޝްވަރާކޮށްފައިވާއިރު، އޭގައި ބުނެފައިވަނީ ހިޔާނާތް ފޮރުވަން، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައިފައި ނުވާކަމަށާއި، ނަމަވެސް ކުންފުނީގެ ޗީފް އިންޓާނަލް އޮޑިޓަރު މަގާމުން ވަކިކޮށްފައިވާކަމަށެވެ. ސިޓީގައި ބުނެފައިވާގޮތުގައި އިންޓާނަލް އޮޑިޓްގެ މަސައްކަތްތަކަށް އިތުރު މުވައްޒަފުން ބޭނުންވުމުގެ ސަބަބުން ކުންފުނިން އިތުރު 70،000 ރުފިޔާ ހަރަދުކުރަންޖެހެއެވެ. އެހެންކަމުން އޮޑިޓް މަސައްކަތްތައް އައުޓްސޯސް ކުރަން ނިންމީ ހަރަދު ކުޑަކުރުމަށްކަމަށް ސިޓީގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: