ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހދ. މަކުނުދޫ އާއި މ. މުލީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަނީ!

ޓްރާންސްޕޯޓު އެންސް ސިވިލް ވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ: ފޮޓޯ/ ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހދ. މަކުނުދޫ އަދި މ. މުލީގެ ޑޮމެސްޓިކް އެއަޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ބުނެފި އެވެ.

މ. މުލި އަދި ހދ. މަކުނުދޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ކަނޑައެޅިފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ އާޓިކަލްތަކަށް އަލި އަޅުވައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއިންވަނީ އެވާހަކަތައް ސައްހަ ނޫންކަމަށް ފާހަގަކޮށްފަ އެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން ސަރުކާރުން ވަނީ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ކޮންމެ ރަށަކުން އެއަޕޯޓަކަށް 30 މިނެޓު ތެރޭގައި ދެވޭނެ ގޮތަކަށް ވައިގެ ދަތުރު ފަތުރުގެ ނިޒާމު ބައްޓަން ކުރުމަށް އަމާޒު ހިފާފައިކަމަށެވެ. އެގޮތުން އައަރޕޯޓު ނާލާ ގުޅާލެވޭނެ ރަށްތަކުގައި ސީޕްލޭންގެ ހިދުމަތް ތައާރަފްކުރުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓުން ބުނެފައިވެއެވެ.

ޓްރާންސްޕޯޓުން ބުނެފައިވާގޮތުން އެ މުއައްސަސާއިން ހަދާފައިވާ ފީޒިބިލިޓީ ދިރާސާތަކުން ދައްކާގޮތުން މަކުނުދޫ އަދި މުލި އަށް ސީޕްލޭން ބޭނުން ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. އެހެންކަމުން އެ ދެރަށުގައި ޑޮމެސްޓިކް އެއަޕޯޓް ބިނާކޮށްދިނުމަށް ނިންމައި މަސައްކަތްތައް ފަށާފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: