ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި އުޅަނދުތައް ވޯޓްލާ ދުވަހު މަގުމަތީގައި ނުދުއްވޭނެ: ޓްރާންސްޕޯޓް

ހިޔާ ފްލެޓްތައް ހިމެނޭ ސަރަަހައްދުގައި ޕިކަޕެއްގައި ހެދިކާ ވިއްކަނީ-- ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި އުޅަނދުތައް ވޯޓްލާ ދުވަހު މަގުމަތީގައި ނުދުއްވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެގޮތުުން ނުދެއްވޭނެ އުޅަނދުތައްކަމަށް މިނިސްޓްރީން  ބުނެފައިވަނީ ސީ،އީ،ޑީ،އީ،ވީ ކެޓެގެރީގެ އުޅަނދުތައް ކަމަށެވެ. އެއީ ސައިކަލާއި، ކާރާއި ބަސް ފިޔަވާ އެހެނިގެން މަގުމަތީގައި ދުއްވާ ބޮޑެތި އުޅަނދުތަކެވެ.

އެހެންނަމަވެސް ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި، ސަރުކާރުގެ އިދާރާތަކުގެ އާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެވަގުތުތަކުގައި ދުއްވުން މަނާވެފައިވުން އިސްތިސްނާ ކުރެވިފައިވެއެެ. އިސްތިސްނާ ކުރެވުފައިވާ އުޅަނދުތައް ފިޔަވާ ސެޕްޓެމްބަރު 30 ވާ ދުވަހު މަގުމަތީގައި އުޅަނދުތައް ދުއްވާނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިގޮތުން ގަވާއިދާއި ހިލާފުވާނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ހ. އިން ބާރުލިބޭ 68 ވަނަ މާއްދާގެ ދަށުން ޖޫރިމަނާ ކުރެވޭނީ 750 ރުފިޔާ އިންނެވެ. އެހެންކަމުން އުޅަނދު ދުއްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މިފަދަ ނިންމުމެއް ނިންމާފައިވަނީ 30 ސެޕްޓެމްބަރުވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވާނެތީ އާއި، ވޯޓުލުމަށް ދާ ފަރާތްތަކަށާއި، ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތަށް ދަތިވާތީ ކަމަށްވެސް ބުނެއެވެ.

އެހެންކަމުން މަގުތަކުގައި ދުއްވާ ބޮޑެތި އުޅަނދުތަކުގެ ތެރެއިން ފާހަގަކުރެވުނު ކެޓަގަރީތަކުގެ އުޅަނދުތައް ދުއްވުން، މަނާކުރެވޭ ގަޑިތަކަކީ ހެނދުނު 06:00 އިން ރޭގަނޑު 08:00 އަށް، ކަމަށްވެސް އެ މިނިސްޓްރީން ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: