ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖް މަތީގައި ގަވާއިދާ ހިލާފަށް ދުއްވާނަމަ ދެން ލިބޭނީ ފޯނަށް މެސެޖެއް!

ސިނަމާލެ ބްރިޖްގައި މީގެ ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އުޅަނދުތައް ދުއްވާ ފަރާތްތަކުން ބްރިޖްމަތީގައި ގަވާއިދާ ހިލާފަށް ދުއްވާނަމަ ފޯނަށް މެސެޖެއް ފޮނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިނަމާލެ ބުރިޖުމަތީގައި އުޅަނދުތައް ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ދުއްވާ އުޅަނދުތައް މޮނީޓާކުރެވި ބަލަހައްޓާނެ ކަމަށެވެ.

އެގޮތުން މިހާރުވެސް ބްރިޖް ސަހަހައްދާއި ބްރިޖްމަތިން ދުއްވާ އުޅަނދުތައް ބަލާ މޮނީޓާ ކުރެވޭ ކަމަށް ބުނެފައިވެއެވެ. އަދި މި ނިންމުމާއެކު ލޭން ބަދަލުކުރާ އުޅަނދުތައްވެސް ދެނެގަނެ އެ އުޅަނދެއްދުއްވި ބާރުމިންވެސް ދެނެގަތުމަށްފަހު، މެސެޖް ފޮނުވާނެ ކަމަށެވެ.

ބްރިޖް މަތީގައި ދުއްވާ އުނޅަނދުތައް ބާރަށް ދުއްވާނަމަ ފޮނުވާ މެސެޖް

މީގެ އިތުރުން ފުލުހުން ބުނީ އެ އުޅަނދެއް ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ދެނެގަންނާނީ ސިނަމާލެ ބުރިޖުގައި ހަރުކޮށްފައިވާ ސްޕީޑްބަލާ ކެމެރާތައް މެދުވެރިކޮށްގެން ކަމަށެވެ. އަދި މެސެޖް ފޮނުވަން ފަށާނީ މި މަހުގެ 15 އިން ފެށިގެން އެ އުޅަނދެއްގެ ވެރިފަރާތުގެ ފޯނަށް ކަމަށްވެސް ބުންޏެވެ.

ސިނަމާލެ ބުރިޖަކީ އެންމެގިނައިން މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިގާ އެއްތަނެވެ. އެގޮތުން ގިނަފަހަރަށް ބްރިޖުގައި ބާރަށް ދުއްވުމުގެ ސަބަބުން ހިގާ އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުން މިދުނިޔެ ދޫކޮށްފައިވެސް އެބަހުއްޓެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: