ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖް ހައިވޭގައި ހަރުނުކޮށްހުރި ސޯލާ ޕެނަލްތަކެއް މޫދަށް ވެއްޓުނު މައްސަލަ ބަލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބްރިޖް ހައިވޭގައި ހަރުކޮށްފައިހުރި ސޯލާ ޕެނަލްތަކުގެ ތެރެއިން ހަރުނުކޮށްހުރި ޕެނަލްތައް ވައިގަދަވެ މޫދަށް ވިއްސައިގެން ދިއުމުން އެކަމުގެ ތަހުގީގެއް ހިންގުމަށް ސަރުކާރުން ނިންމައިފިއެވެ.

ބްރިޖް ހައިވޭގައި ހަރުކުރަން މަސައްކަތްކުރި ސޯލާ ޕެނަލްތަކެއް މޫދަށްވެއްޓިފައިވެއެވެ. ސޯލާޕެނަލްތައް މޫދަށް ވެއްޓުމާއިގުޅިގެން އެކަމުގެ ކަންބޮޑުވުންފާޅުކޮށް މާލެސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

މުއިއްޒު ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެތީ އެކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ. މުއިއްޒުގެ ޓްވީޓާއި ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު ވިދާޅުވެފައިވަނީ ވިއްސައިގެން ގޮސްފައިވަނީ ބްރިޖްގައި ހަރުކޮށްފައިހުރި ސޯލާޕެނަލްތަކެއް ނޫންކަމަށާއި ނަމަވެސް އެއީ އެސަރަހައްދުގައި ބަހައްޓާފައިހުރި އެހެން ޕެނަލްތަކެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން އެމައްސަލަ ތަހުގީގުކުރުމަށް ނިންމާފައިވާކަމަށްވެސް އިތުރަށްވިދާޅުވިއެވެ.

އެސްޕަޔަރ ސޯލާ ޕްރޮޖެކްޓަކީ ގޭބިސީތަކުގެ ފުރާޅާއި ބްރިޖްގެ ހައިވޭގައި ހަދާފައިވާ ސްޓްރަކްޗަރ ތަކުން ސޯލާޕެނަލް ހަރުކޮށްގެން އަވިން ކަރަންޓު އުފެއްދުމަށް ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫގެ ބޮޑުބައި މިހާތަނަށް ފުރިހަމަކުރެވިފައިވާއިރު، ސްޓެލްކޯގެ ފަރާތުން މި މަޝްރޫއުގެ ތެރެއިން 5.6 މެގަވޮޓް ސޯލާ ޕަވަރ ޖެނެރޭޓް ކުރެވިގެން ތެލުން ހިންގާ ޖަނަރޭޓަރުން ފޯރުކޮށްދޭ ކަރަންޓްގެ ޔޫސޭޖް ލިމިޓް ކުޑަކުރެވިގެންދާނެ ކަމަށްވަނީ ބުނެފައެވެ.

މިސަރުކާރުގެ އަމާޒަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އިއާދަކުރުވަނިވި ހަކަތަ އުފައްދައި އެހަކަތައިގެ އެހީގައި ޒަމާނީ ފެންވަރުގައި ވަސީލަތްތައް ގާއިމްކުރުމަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރާއި މިސަރުކާރުގެވެސް އަމާޒެކެވެ. އެގޮތުން 2010 ވަނަ އަހަރުގެ ތެރޭގައި ސޯލާ ޕީވީ ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފްކުރެވިގެން ދިޔައެވެ.

ސޯލާޕެނަލް ރާއްޖޭގައި ހަރުކޮށް އިއާދަކުރުވަނިވި ހަކަތަ އުފެއްދުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އެކި ކުންފުނިތަކުން ގިނަގުނަ މަސައްކަތްތަކުން ދަނީ ކުރަމުންނެވެ. އެގޮތުން ދިރާގާއި އުރީދޫ އާއި ސްޓެލްކޯ އިން ދަނީ ސޯލާޕީވީ ފުރާޅު ހަރުކޮށް ތަނަށް ބޭނުންވާ ކަރަންޓް އިރުގެ އަވިން އުފައްދައި ބޭނުންކުރެވޭނެ ގޮތްތައް އީޖާދުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: