ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

24 ގަޑިއިރުތެރޭ ބްރިޖް މަތީ ބާރު ސްޕީޑުގައި ދުއްވައިގެން 120 ނަސޭހަތުގެ މެސެޖު!

ސިނަމާލެ ބްރިޖު -- ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލޭ ބްރިޖުގައި ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވުމުގެ ސަބަބުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ބްރިޖުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑު ބާރު ކުރިކަން، ނުވަތަ ލޭނު ބަދަލު ކުރިކަން ފުލުހުން ދެނެގަންނަނީ ސްޕީޑް ކެމެރާ މެދުވެރިކޮށެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އިއްޔެގެ ހެނދުނު 07:30 އިން ފެށިގެން މިއަދުގެ އެ ވަގުތާއި ހަމައަށް ގަވައިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވި ގިނަ ބަޔަކު ދެނެގަނެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެގޮތުގެ މަތީން އުޅަނދުތަކުގެ ރެޖިސްޓްރީ އޮތް 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިނަމާލެ ބްރިޖުމަތީގައި އުޅަނދުތައް ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ދުއްވާ އުޅަނދުތައް މޮނީޓާކުރެވި ބަލަހައްޓަމުން ގެންދާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ބްރިޖްމަތިން ދުއްވާ އުޅަނދުތައް ބަލާ މޮނީޓާ ކުރެވޭ ކަމަށް ބުނެފައިވެއެވެ. ފުލުހުން ބުނީ ލޭން ބަދަލު ކުރާ އުޅަނދުތައް ވެސް ދެނެގަނެ އެ އުޅަނދެއް ދުއްވި ބާރުމިން ވެސް ދެނެގަތުމަށް ފަހު، މެސެޖް ފޮނުވާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: