ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ގެ ރައިސް ކަށަވަރު ވެއްޖެ, ރައީސް ސޯލިހަށް ރައްޔިތުން ނޫނެކޭ ބުނެފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރައިސް ކަށަވަރު ވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނޫނެކޭ ބުނެ ރައީސް މުއިއްޒުއަށް ވޯޓްދީ ރައީސްކަމުގެ މަގާމު ކަށަވަރު ކޮށްދީފައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ރައީސް ސޯލިހަށް ލިބިލެއްވި ލަދުވެތި ނަތީޖާއެެކެވެ. ނަމަވެސް ދޫނުކޮށް އިންތިހާބުގެ ދެވަނަބުރަށް ވަޑައިގެން ކެމްޕޭން ކުރެއްވީ ގިޔަރުބަދަލުކޮށްފައިވާ ކަމަށް ވިދާޅުވަމުުންނެވެ.

ނަމަވެސް ދެވަނަބުރުންވެސް އެމަނިކުފުވަނީ ބަލިވެ ވަޑައިގެންފައެވެ. މިހާރު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފާ ފާޅު ކުރަމުންދާއިރު މާލޭގެ ޕީޕީއެމް އޮފީސް ކުރިމަތީގައ ވަނީ ޕާޓީގެ ލީޑާޝިޕް އިސްފަރާތްތައްވެސް އަޑު އުފުލާފައެވެ. އެގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށް އެ ފަރާތްތަކުން ގޮވާލާފައިވެއެވެ. ޕީޕީއެމް އޮފީހަށް އުފާފާޅުކުރުމަށް ވަޑައިގެންނެވި އެޕާޓީގެ އިސްބޭފުޅުންގެ ތެރޭގައި ޑރ، ޖަމީލްވެސް ހިމެނިވަޑައިގެނެވިއެވެ.

އަދި އާންމުންގެ ގިނަބަޔަކުވެސް ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.

އެގޮތުން އެ ސަރަހައްދު ފުރާލާފައިވާއިރު އެބޭފުޅުންދަނީ އުފާ ފާޅު ކޮށް އެކި ޝުއޫރުތައް ފާޅު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: