ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ވޯޓް ލައްވައިފިއެވެ.
އަދީބު ވޯޓް ލައްވާފައިވަނީ ކަލާފާނު ސުކޫލަށެވެ.
ރައިސް ޔާމީން ސަރުކާރުގައި މަނީލޯންޑާކުރި ކަމުގެ ކުށުގައި ޖަލަށް ގެންދިއުމަށްފަހު ގޭ ބަންދަށް ދޫކޮށްލާފައިވާ އަދީބު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހުއްދަ ދެއްވާ ރާއްޖެ ބޭރަށް ފޮނުވުަމަށްފަހު، ރާއްޖެ އައިސްފައިވަނީ މި މަހުގައެވެ. އަދީބު ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދެއްވުމުން ސިންގަޕޫރަށް ވަޑައިގަތީ ޖުލައި 11 ވަނަ ދުވަހުއެވެ. އަދީބުގެ ބޭސްފަރުވާއަށް ކަރެކްޝަންސްއިން ދީފައިވާނީ 10 ދުވަހެވެ. ނަމަވެސް އަދީބުގެ އެދުމުގެ މަތިން އެ މުއްދަތު ވަނީ 2 ފަހަރެއްގެ މަތިން ބަދަލުކޮށްދީފައެވެ.
އެންމެ ފުރަތަމަ މުއްދަތު ހަމަވުމުން އޮގަސްޓު މަހު 28 އަށް އެ މުއްދަތު އިތުރުކޮށްދީފައިވެއެވެ. އަދި އެއަށްފަހު ސެޕްޓެމްބަރު މަހުގެ 15 އަށް މުއްދަތު އިތުރު ކޮށްދީފައިވެއެވެ. ތިންވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިގެންފައިވަނީ މިފެށޭ މަހުގެ އޮކްޓޯބަރު 1 ނިޔަލަށެވެ. އަދި އެމުއްދަތު އިތުރުކޮށްދީފައިވާކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.
މީގެއިތުރުން އަދީބުގެ ސިއްހީ ހާލަތު ގޯސްވެފައި ވަނީ 2015 އިން 2018ގައި އޭނާ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލަތަކާއި ގުޅިފައިވާ ކަންކަން ކަމަށް ބެލެވޭ ކަމަށް އެމްޓީޑީން ބުނެފައި ވެއެވެ. އޭނާގެ ޕާޓީ އެމްޓީޑީން މީގެ ކުރިން ބުނި ގޮތުގައި އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށް ބުނެއެވެ.