ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެތެރޭގެ ދަތުރުތަކަށް ދެކޮޅު ހަދާ ޓެކްސީތަކުގެ މައުލޫމާތު ރިޕޯޓުކުރުމަށް އެދިއްޖެ

ޓެކްސީތަކުން މާލެ ތެރޭގެ ދަތުރުތައް އެއްވެސް ވަރަކަށް ނުނަގާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީތަކުން މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން ދެކޮޅު ހަދާނަމަ އެކަން ރިޕޯޓު ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތައް ނޫން ދަތުރުތައް ޓެކްސީތަކުން ނުނަގާކަމުގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށް މިނިސްޓްރީން އާއްމު ކުރި ބަޔާނެއްގައި ބުނީ މާލެ ތެރޭގައި ދަތުރު ކުރަން ދެކޮޅު ހެދުމުގެ އިތުރުން ބައެއް ސެންޓަރުގެ ހިދުމަތްތައް ވެސް ނުލިބޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ، ޓެކްސީ ހުދުމަތް ދިނުމަށް ދެކޮޅު ހަދާ ޓެކްސީތަކާއި ބެހޭ މައުލޫމާތު ހުށަހެޅުމަށް އެދޭކަމަށް ބަޔާނުގައި ވެއެވެ.

ވަކިތަނަކަށް ނޫނީ ދަތުރު ކުރުމަށް ދެކޮޅު ހަދާ ވެހިކަލްތަކުގެ މައުލޫމާތު 7943434 ފޯނު ނަންބަރަށް ގުޅައި، ނުވަތަ ވައިބަ މެސެޖަކުން ޝަކުވާ ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ވަނީ ޓެކްސީތަކުން އަމަލު ކުރަން ލާޒިމު ގާނޫނުތަކާއި އެގޮތަށް މަސައްކަތް ކުރުމަށް ދެކޮޅު ހަދާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ. އަދި ޓެކްސީތަކުގެ ގަވައިދަށް ޑްރައިވަރުން އަމަލު ނުކުރާނަމަ އެ ބަޔަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މާލޭ ތެރޭގެ ދަތުރުތައް ކުރުމަށް ބައެއް ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދާތީ، މިނިސްޓްރީން ބައެއް ސެންޓަރުތަކާއި ވެސް ބައްދަލު ކުރި އެވެ. ޑްރައިވަރުން ވަނީ މިހާރު އަލަށް ތަންފީޒު ކުރަން ފަށާ ގަވައިދާއި މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި މާލޭގެ އާބާދީ އިތުރުވުމާއި، ގިނަ އަދަދެއްގެ މީހުން ހުޅުމާލެއަށް ބަދަލުވުމުގެ ސަބަބުން ޓެކްސީތަކަށް އޮންނަ ޑިމާންޑު އިތުރުވެފައިވާކަން ބައެއް ޑްރައިވަރުން ފާހަގަ ކުރި އެވެ.

މީގެ އިތުރުން ޑްރައިވަރުންގެ ފަރާތުން ހުށަހެޅި އެންމެ ބޮޑު ޝަކުވާއަކީ، މާލޭގެ ބޮޑެތި މަގުތައް ގިނަ ވަގުތުތަކުގައި އެއްކޮޅަށް ދުއްވޭގޮތަށް ކޯނު ޖަހާފައި ހުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: