ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ސިނާއަތާއި މެދު އިދިކޮޅުގެ ކަންބޮޑުވުން!

މިއަދު ފާހަގަކުރަމުންދަނީ 41 ވަނަ މަސްވެރިންގެ ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ލޮޅުންތަކެއް އައިސް މަސްވެރިން ހާލުގައިޖެހެމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ސިފަކޮށްފިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ހާލަތު ގޯސްވެފައިވާކަމަށް އިޝާރާތްކުރައްވާ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅެއްކަމަށްވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސައީދު ވިދާޅުވެފައިވާގޮތުން، ފަހަކަށް އައިސް މަސް ދޯނިތަކަށް ގަނޑުފެން ގަތުމަށް ފައިސާ ނުލިބުމާއި ތެޔޮ ގަތުމަށް ދިގު ކިއު ތަކުގައި ޖެހެން ޖެހުމުގެ ސަަބަބުން، މަސްވެރިން ގެންދަނީ ބާނާ މަސް ކަނޑައަޅަމުންކަމަށެވެ. އަދި މަސްވެރިންގެ މި ކަންބޮޑުވުންތަކާއި ދަތިތަކަށް ސަރުކާރުން ހައްލެއް ހޯދައިދީފައިނުވާކަމަށް ފާހަގަކުރައްވާ އެނާވަނީ މަސްވެރިނަނަށް ހަމަ އަގެއް ހޯދައިދެވިފައިނުވާތާ ގަންނަ އަދަދުތައް ދަށްކަމަށްވެސް ސިފަކުރައްވާފައެވެ. އަދި ކަން މިގޮތުގައި އޮތް އިރު ރައީސް ސާލިހު މަސައްކަތް ކުރައްވަނީ ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދު އިތުރު ކުރުމަށް ކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.

 

ސައީދުގެ އިތުރުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ވަނީ މަސްވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން އެނާ ކަންބޮޑުވެލައްވާކަމަށް ސިފަކުރައްވާ ދިމާވެފައިވާ ބައެއް މައްސަލަތަކަށް އަލި އަޅުވައި ވާހަކަދައްކަވާފައެވެ.

ޝިޔާމް ވިދާޅުވީ، ސަރުކާރަށް، ދިވެހި މަސްވެރިން ބާނަމުންދާ މަހުގެ ބައިކުޅަބައިވެސް ކިރާ ނުލެވޭކަމަށެވެ. އެނާ ވިދާޅުވީ، ބާނާ ހުރިހާ މަހެއް ކިރާ ނުދެވޭތާނގައި ކިރާ މަހަށްވެސް ފައިސާ ނުލިބޭކަމަށެވެ. އަދި ގަނޑުފެން ނުލިބުމުގެ އިތުރުން މަސް ދޯނިތަކަށް އަޅާ ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާކަމަށްވެސް ޝިޔާމް ސިފަކުރެއްވިއެވެ.

އެނާ ވިދާޅުވީ ހަމަ އަގުގެ ވާހަކަތައް ދައްކަން ނެތްކަމަށެވެ. އެހެން ނަމަވެސް މަސްވެރިން ބުރަ މަސައްކަތްތަކެއް ކޮށްގެން ބާނަމުންދާ މަސް މިއަަދު ޖެހެނީ ބަހާލަންކަމަށާއި ރައީސް ސާލިހުގެ ސަރުކާރުންވަނީ މަސްވެރިކަމުގެ ސިނާއަތު ހަލާކުކޮށް މަސްވެރިން ނިކަމެތިކޮށްފައިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: