ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުލޭ ފަރަށް އެރި ބޯޓެއް ޖޫރިމަނާ ކޮށްފި

ހުޅުލޭ ފަރަށް އެރި ބޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުލެ ފަރަށް އެރި ބޯޓެއް 3 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އެމްވީ ޗެން ގްލޯރީ 9 ނަމަކަށް ކިޔާ ބޯޓް ހުޅުލޭ ފަރަށް އަރާފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

ބޯޓު ފަރަށް އެރުމާއި ގުޅިގެން އެ ތަނަށް ލިބުނު ގެއްލުންތައް ބެލުމަށް، އުޅަނދުގެ ވެރިފަރާތް އައްޔަންކުރި ސާވެޔަރަކާ އެކު މި މަހުގެ 10 ގައި އެ ސަރަހައްދަށް ގޮސް ޖޮއިންޓް ސާވޭއެއް ކޮށްފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

އެސާވޭއިން ބޯޓު ފަރުގައި ޖެހި ފަރަށް ގެއްލުން ލިބިފައިވާކަން އެނގޭތީ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ބެލިބެލުމުން ޖޫރިމަނާއަށް ކަނޑައެޅިފައިވާ އަދަދަކީ 365,000 ރުފިޔާ ކަމަށްވެސް އީޕީއޭ އިން ބުނެފައިވެއެވެ.

މި ބޯޓް ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅުނު ޖޫރިމަނާ އަށް ވާ ފައިސާ ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށް މި މަހުގެ 13 ވަނަ ދުވަހު އެ އުޅަނދުގެ ލޯކަލް އެޖެންޓް (ގްރޭސް އެޓޯލް ޕްރައިވެޓް ލިމިޓެޑް) ގެ ފަރާތުން ދައްކާފައިވާ ކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: