ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ގައުމީ ދުވަހުގެ މެސެޖު: ”ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ“

އިދިކޮޅުން ޕާޓީ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގައުމީ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު، މިއަދު ހިތްދަތިކަމާއި އެކު ލޮލުން ފޭދެނީ ފުން އަސަރުގެ ކަރުނަކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ރައޫސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަށް ފަހު، ގައުމީ ދުވަހުގެ ހާއްސަ މެސެޖާއި އެކު ރައީސް ޔާމީން ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއީ ބަނަވެފައިވާ ނާމާން ދުވަސްތަކެއް ކަމަށެވެ. ގައުމީ ދުވަސް އެ ބޭފުޅަކާއި ގުޅުވައި ފާހަގަކުރާ ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދު އެމަނިކުފާނުގެ ޓުވީޓުގައި ފާހަގަ ކުރެއްވި އެވެ.

 

މީގެ ކުރިން ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ގެންގުޅުއްވާފައި ނުވާ ރައީސް ޔާމީންގެ ޓުވީޓުތަކުގައި ވަނީ ގައުމާއި، ސަރުކާރާއި މިނިވަންކަމުގެ ވާހަކަތަކެވެ.

ރައީސް ޔާމީން ވަނީ، ރާއްޖޭގެ މިނިވަންކަމާއި، އިގްތިސާދަށް އިންޑިއާއިން އަތްގަދަ ކުރުމަށް މަސަައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތުތަކެއް މީގެ ކުރިން ކުރައްވާފަ އެވެ. އަދި އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާނުލާނެކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 27%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: