ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ތާރީހާއި ސަގާފަތާ އާސާރުތައް ދަމަހައްޓަން ޖެހޭ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ޢަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ތާރީހާ ، ސަގާފަތާ ، އާސާރުތައް ދަމަހައްޓަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޤައުމީދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ބޮޑުތަކުރުފާނު ގައުމަށްޓަކައި ކޮށްދެއްވި އެންމެ މުހިންމުކަމަކީވެސް އަދި ވެވަޑައިގެންނެވި އެންމެބޮޑު ގުރުބާނީއަކީވެސް ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށްދެއްވުން ކަމަށެވެ. އެގޮތުން ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ ، މެހެމާނުންނަށް ކަމޭ ހިތާ އިޙްތިރާމްކޮށް އޯގާތެރިވުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައި މުޅި ދުނިޔޭގެ މަގްބޫލުކަން ހޯދާފައި ވަނީ ވެސް މި އަސާސްގެ މަތީކަން ފާހަގަކުރައްވާފައެވެ.

ދިވެހި ޤައުމިއްޔަތު ދައްކުވައިދޭ ތަންތަނުގެ ތެރޭގައި އުތީމުގަނޑުވަރުފަދަ މިއަދު ފެންނަންހުރީ މަދު އާސާރުތަކެއްކަން ފާހަގަކުރައްވައި ޚާއްޞަކޮށް ކަޅުވަކަރު މިސްކިތްފަދަ މާލޭގާ ހުރި ތާރީހީ ބިނާތައް ހިމާޔަތްކުރުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މުޅިރާއްޖޭގެ ހުރިހާ ހިސާބެއްގާ ހުރި ، ތާރީހީ އާސާރުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތައް ވަކި ސިޔާސަތަކާ އެކު، ސަރުކާރުން ކުރަމުން އަންނަކަމުގައެވެ.

އިސްލާމް ދީނުގެ މަތިވެރި އަގީދާގެ ނަމޫނާ ކުދިންނަށް ދައްކައިދީ، މިންތީގެ ހަމަހަމަކަމާއެކު، ގެވެށި އިންސާފު އެކުދިންނަށް ދަސްވާނެފަދައިން އަދި މޫސުމާ، ތިމާވެއްޓަށް އަންނަ ބަދަލާ ، ގޮންޖެހުން ތަކަށް ވިސްނާ ދަރިންތަކެއްގެ ގޮތުން ދަރިން ތަރުބިއްޔަތުކޮށްދިނުމަކީ ދިވެހިކޮށްމެ ރައްޔިތަކުންވެސް ޤައުމަށްޓަކައި ކޮށްދޭންޖެހޭ އެންމެ މުހިންމު އެއްކަންތައްކަން ރައީސް  ސާލިހު ވިދާޅުވިއެވެ.

މި ޖަލްސާގައިއުތީމު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވައިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: