ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4 އަހަރުން ދަށުގެ ކުދިނަށް ތައުލީމީ ސިޔާސަތެއް ނެތް: މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު އަހަރަށްވުރެ ދަށުގެ ކުދިންނަށް ތައުލީމު ދިނުން އެޑިއުކޭޝަން މިނިސްޓްރީގެ މެންޑޭޓުގައި ނެތްކަމަށް މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި، ޕްރީ ސްކޫލުތަކުގެ ކިޔަވައިދިނުމުގެ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތުތައް ސާފު ކުރުމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ، ތައުލީމުގެ ގާނޫނުގައި ވާގޮތުން ޕްރީސުކޫލު މާނަ ކުރެވިފައި އޮންނަނީ އުމުރުން ހަތަރު އަހަރާއި ފަސް އަހަރާއި ދެމެދުކަމަށެވެ. އަދި އެއީ އެލްކޭޖީ އާއި ޔޫކޭޖީކަމަށް އިޝާރާތް ކުރައްވާ އެޑިއުކޭޝަން މިނިސްޓަރު ވަނީ އުމުރުން ހަތަރު އަހަރު ދަށުގެ ކުދިންގެ ތައުލީމު އެ މިނިސްޓްރީގެ މެންޑޭޓުގައި ނެތްކަމަށް ފާހަގަކުރައްވާފައެވެ.

މިނިސްޓްރީގެ މެންޑޭޓުގައިވަނީ އުމުރުން ހަތަރު އަހަރާއި ސޯޅަ އަހަރާއި ދެމެދުގެ ކުދިންނަށް ތައުލީމު ދިނުންކަމަށް ސިފަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ އުމުރު ފުރައަށްވުރެ ދަށުން ކިޔަވައިދެމުންދާ ނާސަރީ އަދި ބޭބީ ނާސަރީތަކުގެ މަސައްކަތްތައް ބެލެހެއްޓުމަކީ އެ ރަށެއްގެ ކައުންސިލަކުން ކުރަމުންދާ މަސައްކަތެއްކަމަށެވެ. އަދި ކައުންސިލުތަކުގައި އެފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޭނުންވާ ފަންނީ ހުނަރު ނެތުމުން ސުކޫލާ ކައުންސިލާ ދެމެދު ގާއިމު ކުރެވޭ އެއްބަސްވުމެއްގެ ދަށުން މިނިސްޓްރީން އެކަމުގައި އެހީތަކެއް ފޯރުވައިދޭކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: