ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ދަތުރުތައް ކުރަނީ މަތިންބައިންޖެހިގެން، ކުރާ ޕެޓްރޯލް ހަރަދު ވެސް މާބޮޑުވާނެ: މުންދު

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ޕީއެންސީގެ ނައިނު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވާހަކަ ދައްކަވަނީ/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ކުރެއްވި ދަތުރުތަކަށް ކުރި ހަރަދު ކަނޑާފައިވީ ފައިދާ ބަލަންޖެހޭކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ދަތުރުތަކުންވީ ފައިދާއެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވުމާއި ގުޅިގެން، އެ ވާހަކަތަކަށް ރައްދުދެއްވާ ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުންދު ވަނީ ރައީސް ޔާމީން ކުރެއްވި ދަތުރުތަކުން ލިބުނު ފައިދާ އަދި ހިލޭ އެހީތަކާއިބެހޭ ތަފްސީލުތައް ކިޔައިދެއްވާފައެވެ.

މުންދު ވިދާޅުވީ ދަތުރުފުޅުތަކުގެ ތެރެއިން ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ އެހީ ޗައިނާއިންނާއި ޖަޕާނާއި މެދު އިރުމަތިންވެސް ހޯދާފައި ހުންނާނީ ރައީސް ޔާމީންކަމަށެވެ. ރައީސް ޔާމީން އެމަނިކުފާނުގެ ދައުރުގައި 9 ފަހަރު ސިންގަޕޫރަށް ވަޑައިގެންނެވިކަމަށް މިއުވާން ވިދާޅުވެފައިވާއިރު، ރައްދުދެއްވާ މުންދު ވިދާޅުވީ ދަރުމަންތަ ހޮސްޕިޓަލަކީވެސް ސިންގަޕޫރުގެ އެހީއެއްކަމަށެވެ. އޭގެ އިތުރުން ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެޅިގެންދިޔަ ސަލްމާން މިސްކިތާއި، ތައިލެންޑްގެ އެހީގެ ދަށުން އެޅި ކްރޮސްރޯޑް ރިސޯޓްގެ އިތުރުންވެސް ގިނަ ކަންތައްތަކެއް މުންދު ފާހަގަކުރެއްވިއެވެ.

މުންދު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ އެމަނިކުފާނު އަމިއްލައަށް މަތިންބައިންޖެހިގެން ދަތުރުތައް ހޯއްދަވާ ބޭފުޅެއްކަމަށެވެ. ނަމަވެސް ރައީސް ޔާމީން އަށް ގިނަ ދަތުރުތަކެއް ލިބިވަޑައިގެންނެވިކަމަށް ފާހަގަކުރައްވާ މުންދު ވިދާޅުވީ އޭގެ ތެރެއިންވެސް އެމަނިކުފާނު ވަޑައިގެންނެވީ ހަމައެކަނި މުހިންމު ދަތުރުތަކުގައިކަމަށެވެ.

އިބްރާހީމް މުހައްމަދު ސާލިހަކީ އަމިއްލައަށް މަތިންބައިން ޖެހިގެން ދަތުރު ހޯދައިގެން ބޭރަށް ވަޑައިގެންނަވާ ބޭފުޅެއް. އަބްދުﷲ ޔާމީންއަށް ދަތުރުކުރައްވަން ލިބިވަޑައިގެންނެވި ކޮންމެ 50 ދަތުރަކުން އެއް ދަތުރުވެސް ނުހުންނާނެ ކުރައްވާފައެއް.

ރައީސް ޔާމީންއަށް ދަތުރުފުޅެއް ލިބިވަޑައިގަންނަވާއިރަށް ފުރަތަމަވެސް ބައްލަަވަނީ އެ ދަތުރަކުން ރާއްޖެއަށް ކުރާނެ ފައިދާކަމަށް ފާހަގަކުރައްވާ މުންދު ވިދާޅުވީ ފައިސާއެއް ވާނެކަމުގެ ޔަގީންކަން ނެތްނަމަ ވަޑައިނުގަންނަވާކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި މުންދު ފާހަގަކުރެއްވީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ވެރިޔަކަށްވެސް ލިބިވަޑައިގަންނަވާ، އދ ގެ މަޖިލީހުގައި ވާހަކަދެއްކެވުމުގެ ފުރުސަތެވެ.

މިއީ ސެޕްޓެމްބަރު، އދ މަޖިލީހުގަ ވާހަކަދައްކާލަން. އެކަމު އަޅުގަނޑުމެން އަބަދުވެސް ބުނަން އދ މަޖިލީހުގަ ވާހަކަދެއްކުމަކީ ހަމައެކަނި ފޮޓޯ ފުރުސަތެކ، ދެން މި ވަރަށް ފޮޓޯ ނަގާ ހިތްވާ ބޭފުޅެއްނުންތޯ؟ އެކި ފަހަރު އެކި ގޮތަށް ހެދުން ތުރުކުރައްވައިގެން ފުށް ޖައްސަވައިގެން އެކި ކޮޅު ކޮޅޫން އޮބާމާ ހެދިފަ ފޮޓޯ ނަގަވަނީތާ. އެހެންވީމަ އދ ދިއުމަކީ އޭނާގެ އަމިއްލަ ސީވީއަށް ވަރަށް ރީތިކަމަކަށް ވެދާނެތާ

ވިދާޅުވީ ރައީސް ސާލިހު އދ ވަޑައިގަންނަވަނީ އަމިއްލަ މަންފާއަށްކަމަށާއި، ބަޖެޓުން 10 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ވަޑައިގަންނަވާއިރު ވީ ފައިދާއެއް ނެތްކަމަށެވެ.

ބަޖެޓުން ދިހަ ވަރަކަށް މިލިއަން ހަރަދުކޮށްގެން. އެތައް ބަޔަކު ގޮވައިގެން އާރުކާޓީ ގޮވައިގެން މަހަކާއި ކައިރިކުރަން އެތާގަ ޑެލިގޭޝަން ބާއްވައިގެން އުޅެގެން ވީ ފައިދާއެއް ނެތް

ރައީސް ސާލިހު ކުރެއްވި ދަތުރުތަކަށް ހިގި ހަރަދާއިއެކު ލިބުނު ފައިދާއަށް ބަލާއިރު، ހިގގި ހަރަދު ކެޑީމައި ވާނެ ފައިދާއެއް ނޯންނާކަމަށް މުންދު ވިދާޅުވިއެވެ. ރައީސެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އާދައިގެ މީހެއްފަދައިން އެކަނި ދަތުރުނުކުރެވޭނެކަމަށް ފާހަގަކުރައްވާ އެކުގައި ވަފުދެއް ވަޑައިގަންނަވަންޖެހޭކަށް މިއުވާން ވިދާޅުވެފައިވަނިކޮށް، މުންދު ވިދާޅުވީ ރައިސް ސާލިހުގެ ދަތުރުތަކުގެ ޕެޓްރޯލް ހަރަދު މާ ބޮޑުކަމަށެވެ. މުންދު މިފަދައިން ވާހަކަދައްކަވާފައިވާއިރު، ގިނަ ބަޔަކު އަންނަނީ ހަރަދަށް ނުބަލައި މި ސަރުކާރުން ގިނަ ދަތުރުތަކެއް ކުރައްވަމުން ގެންދަވާކަމަށް ފާހަގަކޮށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. އަދި ރައީސް ކުރައްވާ ކޮންމެ ދަތުރެއްގައި ކެބިނެޓުގެ ގިނަ އަދެދެއްގެ ވަޒީރުންނާއި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާތީ އެކަމުންވާ ފައިދާއަކީ ކޮބައިތޯވެސް އަންނަނީ ސުވާލުއުފައްދަމުންނެވެ. ރައީސް އާއިއެކު ކުރައްވާ ދަތުރުތަކުގެ އިތުރުންވެސް ވަޒީރުން އަންނަނީ ގިނަ އަދަދެއްގެ ދަތުރުތަކެއް ބޭރުގެ ގައުމުތަކަށް ކުރައްވަމުންނެވެ.

މީގެ އިތުރުން މުންދު ވަނީ އދގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މުންދު ވިދާޅުވީ އދ މަޖިލީހުގެ ރައީސްކަމަކީ ވަރަށް ބޮޑުކަމެއްގެ ގޮތުގައި ދައްކަވައިގެން އަހަރެއްހާ ދުވަހު އެ މަގާމުގައި ހުންނަވައިގެން ދިވެހި ރާއްޖެއަށް ލިބުނު އެއްވެސް ފައިދާއެއް ނެތްކަމަށެވެ. މުންދު ސުވާލުއުފެއްދެވީ އަބްދުﷲ ޝާހިދު ހޯދައިދެއްވި އެއްވެސް ހިލޭ އެހީ އެބައޮތްތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: