ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލްގެ އައު އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ އެނެކްސް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އަރަބިއްޔާ ސްކޫލު އިމާރާތުގައި ރެނދުލައި ތަން ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި އެކު ދަރިވަރުންނަށް އިތުރު ގޮތެއް ހޯދައިދޭން މަސައްކަތް ފެށީ އިހުތިޖާޖުތަކާއި އެކު އެވެ. ޗާނދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލު އިމާރާތަށް 10 އަހަރު ނުވަނީސް ރެނދުތައް ލައި، ބޭނުން ނުކުރެވޭވަރަށް ހަލާކުވުމުން އެކަމުގެ ކަންބޮޑުވުންތައް އިތުރުވެ މީޑިއާގެ ސަމާލުކަން ލިބިގެން ދިޔަ އެވެ. އަދި ސްކޫލު އެޅުމަށް ބިމެއް ހޯދުމަށް ކުރި އެކި މަސައްކަތްތަކާއި އެކު އެންމެ ފަހުން ނިންމީ ބާ ޖަމާލުއްދީން އިމާރާތް ތަޅާލައި އެތަނުގައި އަރަބިއްޔާ އިމާރާތް އެޅުމަށެވެ.

މިވަގުތު ސްކޫލު ހިންގަމުން ދަނީ، ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަސައްކަތް ކުރިޔަށް ދާތީ، ތަން ވަގުތީ ގޮތުން ބަދަލު ކުރި އިމާރާތުގަ އެވެ. ހުޅުމާލެ، މާލެ ފެރީ ޓާމިނަލް ޖެހިގެން ހުންނަ އިމަރާތެކެވެ.

ސްކޫލުގެ އާ އިމާރާތަށް އެ ސަރަހައްދުގެ ބިން ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، މަޝްރޫއު ކުރިޔަށް ގެންދަން ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ. މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ އާއިޝަތު އަލީއެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީ ގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް ނިހާދެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މި މަޝްރޫއު އަކީ މިއަހަރުގެ ޕީއެސް އައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މިވަގުތު ބައު ޖަމާލުއްދީން ސްކޫލް ތަޅާ ސާފްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މި ފެށޭ އޮކްޓޯބަރު  މަހުގެ 14 އަށް އެ އިމާރާތް ސާފްކޮށް ހަވާލުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއު ގެ ދަށުން އަލަށް އިމާރާތް ކުރެވޭ ސްކޫލްގައި 40 ކްލާސްރޫމާއި، މަލްޓިޕާރޕަސް ހޯލް އާއި 04 ލިފްޓް ގެ އިތުރުން ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކެއް ގާއިމްވެފައި ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. ޖަމާލުއްދީން ސްކޫލްގެ އެނެކްސް އިމާރާތް ކުރެވިގެންދާނީ 34 ކްލާސްރޫމާއި 02 ލިފްޓާއި ފާހާނާ ތަކާއެކުގައެވެ.

މި އިމާރާތް ނިމޭއިރު ދެ ސްކޫލްގެ މުވައްޒަފުން ޕާކް ކުރުމަށް ޕާކިންގ އޭރިއާ އެއް ޑިޒައިންގައި ހިމެނޭ އިރު އެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރުމަށް މަދޮށިގޯޅިން ޖަމާލުއްދީން ހިނގުމަށް ސްކޫލްގެ ބޭނުމަށް އައު މަގެއްވެސް ޑިޒައިންގައި ހިމެނިފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ 168،525،150.92 (ސަތޭކަ ފަސްދޮޅަސް އަށް މިލިއަން ފަސްލައްކަ ފަންސަވީސް ހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ނުވަދިހަ ދެ ލާރި) ގެ މަޝްރޫއެކެވެ.

މި މަޝްރޫއު ނިމުމާއެކު އަލްމަދަރުސަތުލް އިސްލާމިއްޔާގެ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޖަމާލުއްދީން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ އެ ސްކޫލްގައި ކިޔަވައިދެވޭ ކުދިން އެއްދަންފަޅިއަކަށް ކިޔަވައިދޭ ފުރިހަމަ ސްކޫލެއްގެ ގޮތުގައި ބަދަލުކުރެވިގެންދާނެއެވެ. ވުމާއެކު 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުގައި އިމާރާތުގެ މަސައްކަތް ނިމި މާލެ އޭރިއާގެ އިތުރު 2 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރެވި 2024 ވަނަ އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށޭއިރު އަރަބިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލް ހިމެނިގެންދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: