ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރީޝް، ނަޝީދަށް: ގަސްކެނޑި މައްސަލަ ކޯޓަށް ވެއްދި ގޮތަށް އިންޑިއާ ކުންފުނިން ވިލިމާލޭ ފަރަށް ގެއްލުންދިން މައްސަލަ ކޯޓަށް ނުލީ ކީއްވެތޯ؟

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ކަނޑަމުން ދާ މައްސަލަ ކޯޓަށް ވެއްދި ގޮތަށް އިންޑިއާގެ އެފްކޯންސް ކުންފުނީގެ އިހުމާލުން ވިލިމާލޭ ފަރަށް ލިބުނު ގެއްލުމުގެ މައްސަލަ ކޯޓަށް  މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަނޭޅީ ކީއްވެތޯ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސުވާލު ކުރައްވައިފި އެވެ.

އަމީނީ މަގުން ގަސްކަނޑާ މައްސަލަ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯޓަށް ހުށައަޅާފައެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ރަައީސް ނަޝީދު އެދިފައި ވަނީ، ގަސް ކެނޑުން ހުއްޓުވުމުގެ އަމުރަކަށެވެ. އަދި މަޝްރޫއު ވަގުތީ ގޮތުން ހުއްޓާލުމަށް އެންގުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.

މަޖިލީހުގަައި ވެސް ރައީސް ނަޝީދު ވަނީ އަމީނީ މަގުން ގަސް ކަނޑާތީ އެކަން ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި އެގޮތަށް މަސައްކަތް ކުރިޔަށް ގެންދާނަމަ، ކޯޓަށް މައްސަލަ ވައްދާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ނަރީޝް ކުރެއްވި ޓުވީޓުގައި ވަނީ، އަމީނީ މަގުގެ ގަހުގެ މައްސަލަ ވަރަށް ބޮޑުވެ ނޫސްވެރިންވެސް އެކަމުގެ ޝައުގުގައި ވަރަށް ބޮޑަށް އުޅޭތަން ފެންނަމުންދާ ކަމަށެވެ.

ހަަމަ އެހެންމެ އެ މައްސަލައާ ލޯޔަރުން ވެސް އަވަދިނެތި އުޅޭތަން ފެންނަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް އެހާ ފޯރީގައި ވިލިމާލޭ ފަރަށް އެފްކޯންސް ކުންފުނިން ދިން ގެއްލުމުގެ މައްސަލަ ކޯޓަށް ހުށައަޅަން މަސައްކަތް ނުކުރަނީ ނުވަތަ ނުކުރީ ކޮން ސަބަބަކާހުރެތޯ ސުވާލު އުފެދޭކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި އެހާ ޝައުގުވެރިކަމާއެކު އެ މައްސަަލަ ނުބަލަކީ އީޕީއޭގެ އިސްވެރިން އިންޑިއާއަށް ހާޒިރުކޮށް “ސައިޒު” ކުރުމުންތޯ ނަރީޝް ވަނީ ސުވާލު އުފައްދަވާފައެވެ.

“ހިތުގައި އުފެދޭ ސުވާލަކީ ވިލިމާލޭ ފަރަށް އެފްކޮންސް އިން ދިން ގެއްލުމުގެ މައްސަލާގައި ކޯޓަށް ނުދިޔައީ ކީއްވެބާއޭ؟ އެ މައްސަލައަށް ނޫސްވެރިން އެހާ ޝައުގު ނުދެނީ ކީއްވެބާއޭ؟ އެފްކޮންސް އިން އީޕީއޭ ނައީމް އިންޑިއާއަށް ގެންގޮސް ސައިޒު ކުރީބާއޭ؟” ނަރީޝްގެ ޓުވީޓުގައި ވެއެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ މައްސަލަ މަޖިލީހަށްވެސް އޮތީ ހުށަހަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ތާރު އަޅައިގެން އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު، އެ މަގުގައި ހުރި ގަސްތައް ނަގާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: