ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އެޅި ފްލެޓުތަކުގެ ކުލި ނުލިބޭތީ، މަޝްރޫއުތައް ކުރިޔަށް ގެންދަން ދަތިވާކަމުގެ ޝަކުވާ!

މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ، ފްލެޓުތައް ނުވަތަ ހައުސިން ޔުނިޓުތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އެހެން މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ދަތިވާކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ ދަށުން ފެލްޓު ލިބިފައިވާ ގިނަ ބަޔަކު ފައިސާ ނުދައްކާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އަސްލަމް ވިދާޅުވީ މިއީ މަހެއްގެ މައްޗަށް ވަކި އަދަދެއް ދައްކާނެކަމުގެ އެގްރިމެންޓަކާއި އެކު ތަން މިލްކު ކުރެވޭ ގޮތަށް ހުންނަ މަޝްރޫއުތަކެއް ކަމަށެވެ. ދެމެހެއްޓެނި ގޮތެއްގައި ފްލެޓުތަކުގެ މަޝްރޫއު، ނުވަތަ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ އެހެން މަޝްރޫއުތަކެއް ވެސް ކުރިޔަށް ގެންދެވޭނީ، ރައްޔިތުންގެ ފަރާތުން ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް ލިބުމުންކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިއީ 2000 ގެ އަހަރުތަކެއް ނޫންކަމަށާއި، އޭރު އެޅި މަދު ފްލެޓެއްގެ ތެރެއިން ދައުލަތަށް ލިބެން ޖެހޭ ވަކި އިންސައްތައެއްގެ ފައިސާ ނުލިބޭތީ އިގްތިސާދަށް އޭގެ އެނގުން ވެ ގޮންޖެހުންތަކެއް ދިމާ ނުވާކަމަށެވެ. ނަމަވެސް މިހާރު ފްލެޓު މަޝްރޫއުތައް އިއުލާނު ކުރަނީ ހާހުންކަމަށް ވުމާއި އެކު މަދުވެގެން 40 އިންސައްތަ މީހުން ފައިސާ ނުދައްކައިގެން ވެސް ސަރުކާރަށް ދެކޮޅު ޖެއްސޭނެ ގޮތެއް ނޯންނާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ސަރުޅާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު އާއިލާތަކުގެ ތެރެއިން، ގާތްގަނޑަކަށް 31 އާއި 41 އިންސަައްތަ ދެމެދުގެ ބަޔަކު ކުލި ގަވައިދުން ނުދައްކާމަށް ވިދާޅުވެ އަސްލަމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ފައިސާ ނުލިބުމަކީ އެއީ ދާއިމީ ގޮތެއްގައި މަޝްރޫއުތައް މަޑު ނުޖެހި ކުރިޔަށް ގެންދިއުމަށް ދިމާވެދާނެ ދައްޗެއްގެ ގޮތުގައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެކަނި ވެސް 7000 އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އިއުލާނުކޮށް މަޝްރޫއު ވަނީ ފަށާގަ އެވެ. އަސްލަމް ވިދާޅުވީ އޭރުން ވެސް މައްސަލައަށް ހައްލެއް އަންނަކަމަށް ގަބޫލެއް ނުކުރެވޭކަމަށެވެ. އަދި އޭގެ ސަބަބެއްކަމަށް ފެންނަނީ މާލެ ސަރަަހައްދަށް ހިޖުރަ ކުރުން އާއިލާތަކަށް މަޖުބޫރުވެފައި އޮތުންކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ހަފްތާގެ ބުދަ ދުވަހު ހާޒިރުވެ މެމްބަރުންގެ ސުވާލުތަކަށް ދިން ޖަވާބުގައި ވެސް އަސްލަމް ވަނީ ފްލެޓުތަކަށް ފައިސާ ނުދައްކާ މައްސަލަ ފާހަގަ ކުރައްވާފަ އެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެ ދުވަހުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ޑީފޯލްޓަކަށް ދާން ޖެހޭ ޖެހުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީ ކުރި ހިޔާ ފްލެޓުތަކަށް ފައިސާ ނުދައްކާމަށް ބުނެ ވެސް ވާހަކަތަކެއް ދެކެވެ އެވެ. ބެލެވޭ ގޮތުގައި އަސްލަމް އެ އިޝާރާތް ކުރެއްވީ މައިގަނޑު ގޮތެއްގައި ހިޔާ ފްލެޓުތަކަށެވެ. ނަމަވެސް ފްލެޓުތައް ދޫކުރި އިރު ފިނިޝިން މަސައްކަތް ނުނިންމާ ހުރުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކެއް ދިމާވި އެވެ. އޭގެ އިތުރުން ފިނިޝިން ނިންމަން ހަވާލު ކުރި ކުންފުނިތަކުން އާއިލާތަކުގެ އަތުން މިލިއަނެއްހާ ފައިސާ ނެގުމަށް ފަހު ވަނީ ފިލާފަކަން ފާހަގަ ކުރެވެ އެވެ. މިއަދާއި ހަމައަށް ވެސް ސަރުކާރުގެ ކަމާއި ގުޅުން ހުރި އެއްވެސް އިދާރާއަކުން މި މައްސަލައިގައި ވާހަކަ ދައްކާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: