ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއްމު ކުރި ވީޑިއޯއިން ފެންނަ ގޮތަށް ހަވާލު ކުރާ ފްލެޓުތަކުގައި ފަރުނީޗަރު ނުހުންނާނެ: އަސްލަމް

މެމްބަރުން ކުރެއްވި ސުވާލުތަކަށް އަސްލަމް ޖަވާބުދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިއުލާނުކުރި 4000 ހައުސިންގް ޔުނިޓު ހައްގުވެރިންނާއި ހަވާލު ކުރާއިރު، އެއްވެސް ފަރުނީޗަރެއް ނުހުންނާނެކަމަށް ހައުންސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެެއެވެ.

ހައުސިން ސިޔާސަތުގެ ދަށުން އަޅަމުން ދާ ފްލެޓުތަކުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވެނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މަސައްކަތްތައް ކުރިޔަށް ގެންދިޔަ އިރު އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ މި ސަރުކާރުން ފްލެޓުތައް ހަވާލު ކުރާނީ އެއްކޮށް ފިނިޝިންގެ މަސައްކަތްތައް ނިންމައި ހުރިހާ ފަރުނީޗަރެއް ހިމަނައިގެން ކަމަށެވެ. އެހެން ނަމަވެސް މިއަދު މަޖިލީހުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ އެ ސިޔާސަތުތަކާއި މަސައްކަތް ކުރިޔަށް ދާ ގޮތާއި ގުޅޭގޮތުން ސުވަލު ކުރައްވާފަ އެވެ.

އިމްތިޔާޒް ވަނީ، އެތެރޭގެ އިންތިހާބާއި ދިމާކޮށް ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ކަންކަން ކުރިއަށް ގެންދިޔަކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އިމްތިޔާޒް ވަނީ ރައްޔިތުންގެ ތާއީދު ހޯދައި، ވޯޓު ހޯދުމުގެ ބޭނުމުގައި ފިލްމް ކުޅޭ ތަރިއެއް ބޭނުންކޮށްގެން ވެސް މަސައްކަތްތަކެއް ކުރިތަން ފެނިފައިވާ ކަމަށެވެ. އަދި ހަވާލު ކުރާނެކަމަށް ބުނާ ކޮޓަރިއެއްގެ އެނދު ދައްކާލި އިރު، އިމްތިޔާޒް ސިފަ ކުރީ އެއީ ލޮލުގަ އަޅުވާލި އަނދުނެއްގެ ގޮތުގަ އެވެ. އެފަދަ ވިސްނުންތަކަށް ރައްޔިތުން ހެއްލޭ ދުވަސްތައް ގޮސްފައިވަކަމަށް ފާހަގަކޮށް އިމްތިޔާޒް ވިދާޅުވީ އެ މަސައްކަތް ހަގީގަތުގައި ގޮސްފައިވާ ހިސާބާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

އިމްތިޔާޒް އެދުނީ ފްލެޓުތަކުގެ ތެރެއިން މިހާރު ޝީޓުތައް އަޅައި ނިމިފައިވާ އިމާރާތްތަކާއި، އަދި ނުނިމި ހުރި މަސައްކަތްތަކުގެ ތަފްސީލުތައް ދިނުމަށެވެ. ޖަވާބުގައި އަސްލަމް ވިދާޅުވީ، އިންތި އެ އިޝާރާތް ކުރައްވާ “ޑަމީ” ހައުސިންގް ޔުނިޓުތަކަކާއި ގުޅޭ މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ދެއްކެވީ ހައުންސިންގް ޔުނިޓެއްގެ “މޮކްއަޕް” އެއްކަމަށެވެ. އަދި އޭނާވެސް އެތަނަށް ވަޑައިގެންނެވިކަމަށާއި އެ 4000 ޔުނިޓުގެ މަސައްކަތްތައް ހަވާލުކުރެވިފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކާއިކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ފްލެޓުތަކުގައި ނިމިފައިވާ ޝީޓުތަކުގެ ސީދާ އަދަދެއް އެނގިވަޑައިނުގަންނަވާކަމަށެވެ. އެހެންނަމަވެސް ރަނގަޅު މިންވަރަކަށް އެ މަސައްކަތްތައް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކޮންކްރީޓު މަސައްކަތްތައް ނިމި ބައެއް އިމާރާތްތަކުގައި ފިނިޝިންގް މަސައްކަތްތައްވެސް ކުރެވެމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން ވިދާޅުވީ، “މޮކް އަޕް” ދެއްކީ ފަރުނީޗަރާއިވެސް އެކުކަމަށެވެ. އަދި އެގޮތަށް ދެއްކީ ފަރުނީޗަރާއިއެކު ހުންނާނެ ގޮތް ދައްކާލުމަށްކަމަށާއި އެތަން ދޫކުރާއިރު ފަރުނީޗަރެއް ނުހުންނާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެހެންނަމަވެސް އެތަނަށް ފިލްމް ސްޓާރެއް ވަޑައިގެންނެވިކަން އެނާއަށް ފާހަގަކުރެއްވިފައިނުވާކަމަށެވެ.

އަސްލަމްގެ ވާހަކަތައް ނިންމަވާލެއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސްވަނީ އޭނާއަށް މަލާމާތުގެ ބަސްތަކެއް ރައްދުކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެތަނަށް ވަޑައިގެންނެވި ފިލްމް ސްޓާރާއި ގުޅޭ މައުލޫމާތުތައް އެމިނިކުފާނު ސާފުކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: