ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ބޮޑުންނަށް ބިންތައް ބަހާލުމާއި، ހިއްކާފައި ނުވާ ސަރަޙައްދުތަކަކުން ގޯތި ދިނުމަކީ ހިންގި ޖަރީމާއެއް: އިދިކޮޅު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމެއްގެ ތެރއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ބޮޑުންނަށް ބިންތައް ބަހާލުމާއި، ހިއްކާފައި ނުވާ ސަރަޙައްދުތަކަކުން ގޯތި ހަމަޖައްސައިދިނުމަކީ ހިންގާފައިވާ ޖަރީމާއެއްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

މާލޭ ސަރަޙައްދުން ގޯތި ދުކުރުމުގެ ނަމުގައި އިންސާފެއް ހަމަހަމަކަމެއް ނެތި ޙައްޤުވާ ފަރާތައް ބެލުމެއް ނެތި ބިންތައް ބަހާލައިފިކަމަށް ބުނެ، އިދިކޮޅުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް، މާލޭ ސަރަޙައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް އެންމެ ޙައްޤުވާ ފަރާތްތައް ބެލުމެއް ނެތި، ނަހަމަ ގޮތުގައި ބަހާލި ބާހަލާފައިވާކަމަށެވެ. އަދި މިއީ އެ ކޯލިޝަން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ބުނެފައިވެއެވެ. މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ ޢަމަލެއްކަމުގައި އެ ކޯލިޝަނުން ޤަބޫލުކުރާކަމަށް ބުނެ، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މާލޭ ސަރަޙާއްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިން ކޮޅެއް އޮތްނަމަ އެބިންތައް ވަނީ އެއްވެސް އިންސާފެއް ނެތި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ބަހާލާފައިކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. އޭގެ ތެރޭގައި ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ގުޅީފަޅުގެ އިތުރުން އަދި ހިއްކުމުގެ އީޕީއޭވެސް ހާދަފައި ނުވާ ސަރަޙައްދުތައް ހިމެނޭކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްއިރު މިސަރުކާރުގެ 20،000 ފްލެޓްގެ ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ނެތްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފަށްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ހުސްކޮށް އެއްވެސް ރައްޔިތަކަށް ނުދީ އެތަންތަން ނިންމުމަށްވެސް އެއްވެސް މަސައްކަތެއް ނުކުރާކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

ހަމަހަމަކަމެއް އިންސާފެއް ނެތި ޙައްޤުވާ ފަރާތްތައް ބެލުމެއް ނެތި ރާއްޖޭގެ އެތައް ރައްޔިތަކު ބާކީކޮށް ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިން ތައް ބަހާލުމާއި، ހިއްކާފައި ނުވާ ސަރަޙައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތަކެއްކަމަށް އިދިކޮޅުގެ ބަޔާނުގައި ސިފަކޮށްފައިވެއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން މިކަން ބެލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަޙައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސް ޔާމީން ސިޔާސަތެއްކަމަށެވެ. އަދި އެމަނިކުފާނުގެ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދެއްކަންވެސް ފާހަގަކޮށްފައިވެއެވެ. މާތްﷲގެ ތަނަވަސް ރަޙުމަތްފުޅުން ރައީސް  ޔާމީންގެ ވެރިކަމެއް މިންވަރުފުޅު ކުރައްވައިފިނަމަ އެމަނިކުފާނުގެ ސިޔާސަތު ތަންފީޒު ކުރައްވާ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަޤީންކަން އިދިކޮޅުން ވަނީ ދެއްވާފައެވެ.

ސަރުކާރުގެ އެންމެ ބޮޑު ވައުދު، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތި ދޫކުރުމަށް އިއުލާނު ކުރުމާއި އެކު އޭރު އެކަމާއި ގުޅުވައި ތަފާތު އެކި ބަހުސްތައް ވެސް ކުރެވުނެވެ. ބިންވެރިޔާ ސްކީމުގެ ދަށުން 5،000 ގޯތި ދޫކުރާއިރު ބައެއް މީހުން ސިފަ ކުރީ އެއީ ރިޔާސީ އިންތިހާބާއި ގާތްކޮށް ކުރާ ކެމްޕެއިނެއްގެ ގޮތުގައެވެ. ގޯތި ދޫކުރުމާއި ގުޅޭގޮތުން ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އާއްމު ކުރާ ލިސްޓާއި އެކު ޑިސްކޮލިފައިވި މީހުންގެ މައުލޫމާތުތައް ވެސް އެނގޭނެކަމަށެވެ.

ސަރުކާރުން ބޯހިޔާވަހިކަމަށް ހާއްސަ ސަމާލުކަމެއް ދޭކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ، ހުސްވި ހަފްތާގައި ގޯތީގެ ކަންތަކުގައި ރައީސް ސޯލިހު ކެބިނެޓު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ގޮތަށް ރައީސް ސޯލިހު ނިންމެވީ ޕްރޮގްރާމަށް ކޮލިފައިވި ނުވަތަ ޝަރުތު ހަމަވާ އެންމެނަށް ވެސް ގޯތި ދޫކުރުމަށްކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ސްކީމްގެ ދަށުން 15،164 ފޯމު ވަނީ ލިބިފައެވެ. އަދި ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،801 މީހުން ހިމެނޭ ގޮތަށް ފޯމު ހުށަހަޅާފައިވާކަމަށެވެ. އެގެ ތެރެއިން ޝަރުތު ހަމަވަނީ 12،794 ފޯމުކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުންކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މިއަދު ގެޒެޓު ކުރާ ލިސްޓުގައި ހިމެނެނީ 10،314 މީހަކަށް ލިބޭ ގޯއްޗެވެ.

މިއީ މާލޭގެ ރައްޔިތުންނަށް އުފާވެރި ދުވަހެއްކަމަށް އަސްލަމް ވިދާޅުވިއެވެ. ރާއްޖޭގެ ބޯހިޔާވަހިކަމުގެ ފުރިހަމަ ސިޔާސަތެއް އެބައޮތްކަމަށާއި، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކައް ދިމާވެފައިވާއިރު ސަރުކާރުން އެކަމުގެ ހައްލު ގެނެސްދޭނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: