ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޓީއެލް ހިދުމަތުގެ ދެވަނަ ފިޔަވަހީގައި ބޭނުންކުރާނެ ފެރީތައް ޓެސްޓުކޮށްފި

ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް އާރްޓީއެލް ފެރީގެ ހިދުމަތުގެ ދެވަނަ ފިޔަވައްސަށް ބިނާކޮށްފައިވާ ފެރީތައް އިންސްޕެކްޓުކުރައްވައިފިއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތަކީ މުޅި ރާއްޖެ އެއް ރަށާއި އަނެއް ރަށް ގުޅުވައި އިގްތިސާދު ފުޅާ ކުރުމަށާއި ގައުމަށް ތަނަވަސްކަމެއް ގެނެސްދެއްވުމުގެ ނިޔަތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފައްޓަވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢުއެކެވެ. ރައީސް ސާލިހުވަނީ މި ނިޒާމަކީ ރާއްޖޭގެ ރަށްތަކުގެ އެކަހެރިކަން ފިލުވާލައި އެދެމުންދާ ލާމަރުކަޒީ ތަރައްގީގެ މައިބަދަ ގޮތުގައި ސިފަކުރައްވާފައެވެ.

ކާމިޔާބު ކަމާއިއެކު އާރްޓީއެލް ފެރީގެ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު، ދެވަނަ ފިޔަވައްސަށް ތައްޔާރީތައް ވާން ފެށުމާއިއެކު މިނިސްޓަރު އަސްލަމް ވަނީ މާލެ ސަރަހައްދުގައި އޮތް ޓެސްޓު ދަތުރެއްގައި ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރުވަނީ މި ދަތުރުގައި ދެވަނަ ފިޔަވަހީގައި ބޭނުން ކުރުމަށް ބިނާ ކުރެވިފަިއިވާ ފެރީތައް އަމަލީ ގޮތުން ތަޖުރިބާ ކުރައްވާފައެވެ. މިނިސްޓަރު އަސްލަމް އާއިއެކު މަސައްކަތާއި ހަވާލުވެ ތިއްބެވި އިސްވެރިންނާއި އަމަލީ ގޮތުން މަސައްކަތްތައް ކުރިއަށް ގެންދާ ޕްރޮޖެކްޓު ޓީމު އަދި ކޮންޓްރެކްޓު ހަވާލު ކުރެވިފައިވާ ފަރާތުންވެސް ބައިވެރިވެވަޑައިގަތެވެ.

އާރުޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. މި ފެރީތައް އެއަރކޯނު ކުރެވިފައިވާއިރު، ފާހަނަ ކުރެވޭނެ ނިޒާމަކާއި، ލަގެޖު ރައްކާ ކުރެވޭނެ ނިޒާމެއްވެސް ހުރެއެވެ. މި ފެރީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބަލި މީހުންނަށް އަރާފޭބުމަށާއި ދަތުރުކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވެއެވެ. އެގޮތުން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކި ތަނެއް ހާއްސަ ކުރެވިފައި ހުންނާނެކަމަށްވެސް މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: