ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގައި ތާރަ އެޅުމަށް ފަހު ކަނޑަމުންދަނީ އެ މަސައްކަތްކުރާ ގޮތަށް: މިނިސްޓަރު އަސްލަމް

ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީމަގުގެ ތާރަ އެޅުމުގެ ތެރެއިން ޖަންކްޝަންތައް ހުރި ސަރަހައްދުތައް ކަނޑާ ނެގުމަކީ އެ މަސައްކަތްތައް ކުރާ ގޮތްކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލޭގެ އަމީނީ މަގުގެ މަސައްކަތްތަކާއިމެދު މަޖިލީހުގެ ތަޅުމުގައި ސުވާލު ކުރެއްވުނު އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެ މަސައްކަތްތައް ހިނގަމުންދާ ގޮތާއިމެދު ކަންބޮޑުވުން ހުރިކަން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ މެދު އާމްދަނީގެ ގައުމެއްކަމަށެވެ. އަދި ތަރައްގީ ނުވެ އޮތް ގައުމެއްގެ ގޮތުގައި ރާއްޖެ ސިފަ ނުކުރެއްވޭނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މެމްބަރު އެއްސެވީ ތާރުގަނޑު އެޅުމަށް ފަހު އަނެއް ދުވަހު ކަފާ ނަންގަވާ ކަމާއިމެދުކަމަށެވެ. އަދި އެ މަސައްކަތްތައް ކުރައްވަނީ ބެއްލެވުމެއް ނެތި ތޯ މެމްބަރު ސުވާލު ކުރެއްވިކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޖަވާބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ، އެ މަގުގައި ހިނގާ މަސައްކަތްތައް ހިނގަނީ ރަނގަޅަށް ކަމަށެވެ. އަދި ކަނޑަމުންދަނީ ޖަންކްޝަންތައް މަތީގައިވާ ބައިކަމަށާއި، ތާރަ އަޅާއިރު، އަޅާނީ ޖަންކްޝަންތައް ހުރި ސަރަހައްދުގެވެސް މަތިންކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ތާރަ އަޅަނީ ޖަންކްޝަންގެ މަތީގައި ތުނި އެއްޗެއް އަޅާ ބާއްވާފައިކަމަށެވެ. އަދި އެއީ މަސައްކަތް ” ކުރާ ގޮތް” ކަމަށާއި ޖަންކްޝަން ހުންނަ ސަރަހައްދުތައްވެސް ކަނޑާ ނަގާނެކަމަށްވެސް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، އެއީ ތުނިކޮށް އަޅާފައިވާ ތާރަ ކޮޅެއްކަމަށެވެ. އަސްލަމް ވިދާޅުވީ، އެއީ މަގުތަކުގައި ތާރަ އަޅާ ގޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: