ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާގެ މައްސަލައިގައި ރައްޔިތުން ކުށްވެރިވާން ޖެހޭ ސަބަބެއް ނެތް: ތާރިގް

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގްވާމީ ޔޯގާޑޭ ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅައި އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން އަންގާފައިވަނިކޮށް އެކަމުގައި ރައްޔިތުން ކުށްވެރިވާންޖެހޭ ސަބަބއެއް ނެތް ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު ވިދާޅުވެއްޖެއެވެ.

ތާރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޯގާގެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލުމަކީ އިންސާފެއް ނޫން ކަމަށާއި ދައުލަތެއްގެ ބޭނުމަކީ ރައްޔިތުން ކުށްވެރިކުރުމެއް ނޫން ކަމަށެވެ. ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު ހަމީދާއި އިސްލާމިކް މިނިސްޓަރާއި އަދި ޔޫތު މިނިސްޓަރުގެ ޒިންމާ އަދާނުކޮށް ރައްޔިތުން ކުށްވެރި ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ބޭފުޅުން ޓެގް ކުރައްވައި ތާރިގް ވަނީ ވިދާޅުވެފައެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމަށް އެހަރަކާތާއި ދެކޮޅަށް އެ ހަރަކާތް ހިނގަމުންދިޔަ ވަގުތު ގަލޮޅު ދަނޑަށްވަދެގަނެ ހަމަނުޖެހުން ހިންގި މީހުންނާއި ދެކޮޅަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ބައެއް މީހުންނަށް ޓެރަރިޒަމްގެ ދައުވާ ކުރުން ހިމެނެއެވެ.

އެދުވަހު ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަ މީހުން ދޫކޮށްލި ނަމަވެސް އޭގެތެރެއިން ބައެއް މީހުން އަލުން ދައުވާ ކުުރުމަށް ޕީޖީ އޮފީހުންވަނީ ނިންމާފައެވެ. އެގޮތުން ޔޯގާ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނިކޮށް ހިންގި ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައި ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު، ދައުވާ ކުރުމަށް ފޮނުވި މީހުގެ ތެރެއިން 15 މީހުންނަކީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މައްސަކަތައް ގަސްތުގައި ހުރަސް އެޅުމުގެ ސަބަބުން ދައުވާ އުފުލާފައިވާ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: