ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިމް މަރަން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

މަހުމޫދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ސާލިމް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދަނގެތީގައި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ކުށް ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބަލައިގަނެފި އެވެ.

މަހުމޫދު މަރާލިކަމަށް އިއުތިރާފުވެ، އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ކިޔައިދީފައިވާ ސާލިމްގެ މައްޗަށް މައްސަލައިގައި ދެ ދައުވާއެއް އުފުލި އެވެ. އެއީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލައިގައި ދަށު ކޯޓުން ސާލިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާއަށް އިއްވި މަރުގެ ހުކުމް އިއްވެ އެވެ. އަދި ގާނޫނު ލާޒިމް ކުރާ ގޮތުގައި މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެހެންވެ މި މައްސަލަ ވެސް ކުށް ކުރިކަން ޔަގީން ކުރުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދަން ޖެހޭނެ އެވެ.

ސާލިމަށް ކޮށްފައިވާ މަރުގެ ހުކުމް ކަށަވަރު ކުރުމުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވެސް ހުށަހެޅީ މުއްދަތުގެ ފަހުންކަމަށް ބުނެ ކޯޓުގެ ރަޖިސްޓްރާ އެންމެ ފުރަތަމަ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. މިދިޔަ އޮގަސްޓު މަހުގެ 01 ގައި ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ރެޖިސްޓްރާ ނިންމެވީ އިސްތިއުނާފު ކުރުމަށް ހުށަހަޅަން ޖެހޭ މުއްދަތު ހަމަވެފައިވާކަމަށް ބުނެ އެވެ. އެހެންވެ ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފު ކުރީ އެވެ.

ދަނގެތީގައި އުމުރުން ދުވަސްވީ މީހެއް ބެލުމުގެ މަަސައްކަތް ކުރަމުން ދިޔަ ސާލިމްއަށް މަހުމޫދުގެ މަރުގެ ތުހުމަތުތަކެއް ކުރެވުނީ، އެ ރަށު މީހަކަށް ޝައްކު ކުރެވޭ ކަންތަކެއް ފެނި އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. އޭގެ ކުރިން އެ ރަށު މީހުން މަހުމޫދު މަރާލިކަމުގެ ތުހުމަތު ކުރީ ރަށުގެ ދެ ޒުވާނަކަށެވެ. އަދި އެ ދެ މީހުން ފުލުހުންނާއި ވެސް ހަވާލު ކުރި އެވެ.

ސާލިމް ދިރިއުޅޭ ގޭގެގެ ތެރެއިން މީހަކު ދަމާވަފައި ގެންދިޔަ މަންޒަރެއް ފެނިގެން އެކަން ރިޕޯޓު ކުރުމުން ފުލުހުން އެ ގެ ބަލާ ފާސްކުރުމުން އޭނާއަށް ޝައްކުތަކެއް ކުރެވުނީ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ސާލިމް ބޭނުން ކުރި ހަތިޔާރުތަކާއި، އަދި އޭނާގެ އަންނަނުތައް ހޯދާފަ އެވެ. އަދި މަހުމޫދުގެ ގަޑިއާއި އެ ނޫން ވެސް ބައެއް އެހެން ތަކެތި ހޯދާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: