ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުމޫދުގެ މައްސަލަ، ޝިމާގެ ތަހުގީގުގެން “އާތްވަށް” އަރައިގެން ނުދާނެކަމަށް އުންމީދު ކުރަން: އާދަމް ޝަރީފް

މަރާލާފައިވާ މަހޫމޫދުއާއި ގެއްލިގެން އަދިވެސް ހޯދާ ނުފެނިފައިވާ ޝިމާ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ.މަހިބަދޫގައި މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ތަހްގީގު، ލ.އަތޮޅުގައި ޑިންގީއެއްގައި ދަތުރު ކުރަނިކޮށް ގެއްލިފައިވާ ކަމަށް ބުނާ މަރިޔަމް ޝިމާގެ ތަހްގީގަށް ވީގޮތަށް އާތްވަށް އަރައިގެން ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަހިބަދޫއަށް މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ ޝާ އަލޮމް މިއާ (ސާލިމް) ނަމަކަށް ކިޔާ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މަހުމޫދު މަރާލުމުގައި ބައިވެރިފައިވަނީ އޭނާ އެކަނި ކަމަށް ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ. ނަމަވެސް އާއިލާއިން ވަނީ މިކަން ޤަބޫލުކުރަން ދެކޮޅު ހަދާފައެވެ. ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން މަހުމޫދުގެ އާއިލާއިން ބުނީ މަހުމޫދު މަރާލައި ވަޅަށް އެއްލައިލީ ހަމައެކަނި ސާލިމް ކަމަށް އާއިލާގެ އެއްވެސް މީހަކު ގަބޫލު ނުކުރާ ކަމަށެވެ. އެންމެ މީހަކުވެގެން ހަށިގަނޑެއް ގެއިން ނެރެ، ދުރުގައި ހުރި ގޯއްޗަކަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރަން ދައްތިކަމަށެވެ.

މި މައްސަލާގައި ހަމައެކަނި ބައިވެރިފައިވަނީ ސާލިމް އެކަނިކަމަށް އާއިލާއިން ގަބޫލުނުކުރާކަން ހާމަކުރުމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހްމޫދު މަރާލީ ސާލިމް އެކަނިކަމަށް އާއިލާއަށް ގަބޫލު ނުކުރެވޭ ސަބަބުތަކާއި މެދު ފުލުހުން އިތުރަށް ސަމާލުވެ ތަހްގީގު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. މަހްމޫދުގެ ތަހްގީގު ޝިމާގެ ތަހްގީގަށް ވީގޮތަށް އާތްވަށް އަރައިގެން ނުދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޝިމާ ގެއްލިފައިވަނީ ޑިންގީއެއްގައި ލ. އަތޮޅު ކައްދޫން އެއަތޮޅު މާމެންދުއަށް ދަތުރުކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރެއެވެ. ޝިމާ ގެއްލިފައިވަނީ ރަހުމަތްތެރިޔެއް ކަމަށްވާ އިބްރާހިމް ފަޒީލް އާއި އެކު ދަތުރު ކުރަމުން ދަނިކޮށެވެ. ފަޒީލް އާއި ފުލުހުން ސުވާލު ކުރި ނަމަވެސް ޝިމާ ގެއްލުނު ހާދިސާގައި އޭނާގެ މައްޗަށް ތުހުމަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ޝިމާގެ މަރާއި ގުޅޭ ގޮތުން އާއިލާ އާއި ރަހުމަތްތެރިން ފަޒީލާއި ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރެއެވެ. ޝިމާ ގެއްލުނުތާ 2 އަހަރު ވެފައިވާ އިރު އާއިލާގެ ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުލިބެއެވެ. އަދި މި މައްސަލާގައި އެއްވެސް ކުރިއެރުމެއްވެސް ނުލިބެއެވެ.

އާދަމް ޝަރީފް ޓުވީތުގައި އެ އިޝާރާތްކުރެއްވީ އެކަމަށެވެ. މަހުމޫދުގެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާއިރު ތަހުގީގާއި ގުޅިގެން މަހުމޫދުގެ އާއިލައިން ގަބޫލުނުކުރާ ކަންކަން އެބަހުއްޓެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންވެސް މާބޮޑު ކަންތައްތަކެއް ހިއްސާއެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: