ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތަށް ނަގާ އަގަށް ބަދަލުގެނައުމަކީ ކުންފުނީގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ނޫން: ޝަރީފް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ އަތުން ސްޓެލްކޯގެ ކަރަންޓްގެ ހިދުމަތަށް ނަގާ އަގަކީ އެއަށް ބަދަލުގެނައުމުގެ ބާރު ކުންފުނީގައި އޮންނަ ނިޒާމެއްގެ ދަށުން ކުރާ ކަމެއް ނޫން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެކަމަކީ ސީދާ ސަރުކާރުގެ ހިއްސާ އޮވެ ހިދުމަތްދޭ ފަރާތްތަކާއިއެކު މަޝްވަރާ ކުރެވިގެން ކަނޑައެޅިފައިވާ ޓެރިފް ރޭޓެއްގެ ދަށުން އަގުތައް ނަގަމުންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ހިދުމަތްދޭ ރަށްރަށުގެ ތެރެއިން 31 ރަށެއްގެ ބިޒްނަސް ކެޓެގަރީ އާއި މާލެ އޭރިއާގެ ކެޓެގަރީއާއި އަޅާބަލާއިރު ތަފާތުތަކެއް އެބަހުރިކަމަށެވެ. އެކަމާ ގުޅިގެން މިއަހަރު ތެރޭގައި ދިރާސާއެއް ކުރެވި އެދިރާސާއިން ދައްކާ ގޮތުގައި މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގެ ބިޒްނަސް ކެޓެގަރީގައި އެއްވަރުކޮށްފިނަމަ މިހާރު އެރަށްތަކުގެ ނިސްބަތުން ސްޓެލްކޯ އަށް 35 މިލިއަން ރުފިޔާ ގެއްލުން ވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން އެދިރާސާ އަށްފަހުގައި އެކަންވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައިކަމަށް ޝަރީފް ވިދާޅުވިއެވެ.

ޓެރިފް ރޭޓުގައި ޓެރިފް ރޭޓަށް ބަދަލުގެނައުމަކީ މިހާރު އެހާ ފީސިބަލްކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝަރީފްވިދާޅުވިއެވެ. އެކަމުގެ ސަބަބެއް ކަމުގައި ޝަރީފް ވިދާޅުވީ މިހާރުވެސް ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދެމުން ގެންދާ ރަށްތަކުގެ ތެރެއިން 10 ރަށުން ފިޔަވައި ބާކީ ހުރި ރަށްތަކުން ގެއްލުން ކަމަށެވެ.

ޝަރީފް ވިދާޅުވީ މާލެއިން ލިބޭ ފައިދާ އާއި ރަށްރަށުން ލިބޭ ފައިދާ ސަބްސިޑައިޒްކޮށްގެން ގެއްލުންތައް ފޫބައްދަމުން ގެންދާކަމަށެވެ.

ޝަރީފް ވިދާޅުވީ އިތުރު އިންވެސްޓްމެންޓްތަކާއި ރަށްރަށުގައި ކަރަންޓްގެ ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް ކުރެވޭ ހަރަދުތައްވެސް ކުރަމުން ދަނީ މާލެއާއި އެހެނިހެން ރަށްތަކުން ލިބޭ އާމްދަނީގެ ފައިދާގެ މައްޗަށް ބިނާކޮށްކަމަށެވެ.

ޝަރީފް ވިދާޅުވީ ސޯލާއިން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން  ކަރަންޓް އުފައްދާނެ ވަސީލަތްތައް އިތުރުކޮށް ސޯލާ ހަކަތަ ބޭނުން ކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ. އެގޮތުން މިހާރު ކަރަންޓަށް ކުރާހޭދައިގެ 60 ޕަސެންޓް ހަރަދުކުރަނީ ތެލަށް ކަމަށާއި ތެލުން މިހާރު އުފައްދާ ކަރަންޓްގެ ޔުނިޓްކޯސްޓްގެ ބޮޑުބައި ހޭދަވެގެންދާކަމަށާއި އެގޮތުން ތެލަށް ކުރާ ހަރަދު ކުޑަކުރެވޭނެ ގޮތަކަށް ކަންތައްތައް ރޭވިގެން ނޫނީ ކަރަންޓްގެ އަގުދަށް ނުކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިހާރު ސްޓެލްކޯ އިން ރާވަމުންދާ  100 މެގަ ވޯޓްގެ ސޯލާ އެނަރޖީ ޕްރޮޖެކްޓް އަކީ ޓެރިފަށް ވަރަށް ރަނގަޅު ބަދަލެއް ގެނެސްދޭނެ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.  މިހާރު 3.4 އާއި 4.5 އާއި ދޭތެރޭގައި ހުރި ޔުނިޓް ކޯސްޓް 2 ނުވަތަ 2.5 އަށް  ސޯލާ ހަކަތައިގެ އެހީގައި ކުޑަވެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ ޕަވަރ ގްރިޑަށް 100 ނުވަތަ 50 މެގަވޯޓް ސޯލާ ލިބިއްޖެނަމަ ތެލަށްކުރާ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: