ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގު ހަދަމުންދަނީ ކުރިން ހަދަން ނިންމި ގޮތަކަށް ނޫން: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގު ހަދަމުންދަނީ އުޅަނދުތަކަށް ދުއްވުމަށް ދަތިވާ ގޮތަކަށް ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެތައް މައްސަލަތަކަކަށް ފަހު، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލު ކުރެވިފައިވާ މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކުރައްވާ މުއިއްޒު ވިދާޅުވީ، މިހާރު އަމީނީ މަގު ހަދަމުންދަނީ ކުރިން ކަނޑައެޅިފައިވާ ވަރަށް ވުރެ ހަނިކޮށްކަމަށެވެ.

އެނާ ވިދާޅުވީ ކުރިން އަމީނީ މަގުގެ ފުޅާ މިން ކަމަށް ކަނޑައެޅިފައިވަނީ 25 ފޫޓު ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މަގު ހަދަމުންދަނީ 21 ފޫޓު 10 އިންޗީގެ ފުޅާ މިނަށް ކަމަށްވުމުން، މަގު ހަނިވެގެންދިއުމާއި އެކު ތޮއް ޖެހުން އިތުރުވެ ދުއްވާ ތެކެއްޗަށް ދަތިތަކެއް ކުރިމަތިވެގެންދާނެކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އަމީނީ މަގުގައި ކޭބަލް ޓްރޭ އެޅުމަށް ކުރިން ހަމަޖެހިފައިވަނީ ބިމު އަޑިއަށް ވާ ގޮތަށް ކަމަށެވެ. އެހެންނަމަވެސް މިހާރު އެ ޓްރޭތައް ބިމުން މަތީގައި އަޅަމުންދާ މަންޒަރު ފެންނަ ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އަމީނީ މަގު ހެދުމުގެ ތެރޭގައި މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް މުއިއްޒު ވިދާޅުވިއިރު، އެ މަގު ހެދުމުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއި އާރްޑީސީއާއި ދެމެދު ބަދަލު ކުރެވުން ބަހުގެ ހަމަލާތަކެއްގެ ތެރޭގައި އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލީ މަނިކު ވަނީ، މުއިއްޒު އަދި މާލެ ސިޓީ ކައުންސިލަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

ވޭތުވެ ދިޔަ ޖުލައި މަހުގެ ތެރޭގައި ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، މުއިއްޒުއަށް 7 އަހަރު ތެރޭގައިވެސް އަމީނީ މަގުގެ މައްސަލަތަކަށް ހައްލެއް ގެނެވިފައިނުވާކަމަށެވެ. އަދި އެނާ އެ މައްސަލަ 7 މަސް ދުވަސް ތެރޭގައި ހައްލު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: