ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ކުރަނީ ކޮން މަސައްކަތެއްކަންވެސް ބުނަން ދަތި: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ކުރައްވާފައިވަނީ ކޮން މަސައްކަތްތަކެއްކަން ވިދާޅުވާން ދަތިކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިޑާޅުވެެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަލަށް ބޭނުން ކުރަން ފެށިފައިވާ ރަންވޭއާއި މެދު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެ ރަންވޭއަކީ ރައީސް ޔާމީންގެ ދައުރުގައި ބޭނުން ކުރެވިފައިވާ ރަންވޭއެއްކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ފުޓުބޯޅަ ޓީމުން މުބާރާތެއް ކާމިޔާބު ކުރުމާއި އެކު އެމަނިކުފާނު ބޭނުންވީ ގައުމީ ޓީމަށް ޝަރަފްވެރިކަމާއި އެކު މަރުހަބާ ކިޔުއްވުމަށް ކަމަށެވެ. އެހެންކަމުން އެ ރަންވޭ އަލަށް ބޭނުން ކުރެއްވީ ގައުމީ ޓީމު ރާއްޖެއަށް ގެނައި އިއްތިހާދު އެއަރވޭސްގެ މަތިންދާ ބޯޓު ޖެއްސުމަށް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ، ރައީސް ސާލިހު ވެރިކަމާއި ހަވާލުވުމަށް ފަހު ހަތަރު އަހަރު ވޭތުވެ ގޮސްފިކަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކާއިމެދު އެއްޗެއް ވިދާޅުވާނެ ގޮތެއް އެނާއަށް އެނގި ނުލައްވާކަމަށެވެ.

ރަންވޭވަނީ މީގެ ކުރިން ބޭނުން ކުރެވިފައި ކަމަށް ސިފަކުރައްވާ ސައީދު ވިދާޅުވީ، އެ ރަންވޭ ފުރިހަމައަށް ބޭނުން ކުރުމަށް ގެންގުޅެންޖެހޭ އާލާތްތައް ހޯދާފައިވާނެކަމަށެވެ. އަދި އެހެނިހެން އެކުއިޕްމެންޓުތައްވެސް ”ސޯރސް“ ކުރެވިފައިވާނެކަމަށް އެނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އޭރު ކޮމާޝަލް އުސޫލުން ރަންވޭ ބޭނުން ކުރަން ނުފެށި އޮތީ އެއަރޕޯޓެއް ބިނާ ކުރުމުގެ މަޝްރޫޢުއަކީ ބިޔަ މަޝްރޫޢުއަކަށް ވުމާއި އެކު، އެއް ކަމެއް އަނެއް ކަމަކާއި ގުޅިފައިވުމުންކަމަށެވެ. އަދި ރަންވޭ ހުޅުވެން އަންނަނީ މުސްކުޅި ނުވަތަ ކުރީގެ ސީޕްލޭން ޓާމިނަލްގެ ފުރާޅަށް ބަދަލުތަކެއް ގެނެސްގެންކަމަށް އެނާ މިސާލެއްގެ ގޮތުގައި ނެެންގެވިއެވެ.

އެނާ ވިދާޅުވީ، ކުރީގެ ސީޕްލޭން ޓާމިނަލްގެ ފުރާޅު ބޮޑު އެއަރކްރާފްޓު ތަކުގެ ފިޔަގަނޑުތަކާއި ދެމެދު ޖާގަ ކުޑަވުމުން ފްލައިޓު އިންޑަސްޓްރީ ނުވަތަ ފްލައިޓު ސޭފްޓީ ސްޓޭންޑަރޑް ބަލަހައްޓާ އެއްވެސް ބަޔަކު އެފަދަ ”ރިސްކެއް“ ނަގަން ބޭނުން ނުވާނެކަމަށެވެ. އަދި އެ އުސޫލުން އެކަން ނުކުރެވޭނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެހެންކަމުން އެކަން ހައްލު ކުރުމަށް ކުރަން އޮތް މަސައްކަތަކީ، ރައީސް ޔާމީންގެ ސަރުކާރުން ބިނާ ކުރެއްވި އާ ސީޕްލޭން ޓާމިނަލްއަށް ބަދަލުވުންކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ނުކުރެވި ގޮސްފައިވާ ސަބަބުތަކާއި މެދު ސުވާލު އުފައްދަން ޖެހޭކަމަށް ސައީދު ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: