ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ވެރިކަން ކުރެއްވިކަން އެއީ ރައީސް ސާލިހުގެ ނަސީބު: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

2013 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަން ކުރެއްވިކަން އެއީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާާލިހުގެ ނަސީބުކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ވީއައިއޭގެ އައު ރަންވޭ 2018 ގައި ހުޅުވާފައި ވަނިކޮށް މި ސަރުކާރުގެ އިސްވެރިން ވަޑައިގެން ހުޅުއްވައިދެއްވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެގޮތުން މި ސަރުކާރުން އަމިއްލައަށް ފައްޓަވާ ނިންމެވި އެއްވެސް މަޝްރޫއެއް ނެތްކަމަށާއި އަދި ރައީސް ޔާމީންގެ މަޝްރޫއުތައް ހުޅުއްވައިދެއްވާއިރު އެމަނިކުފާނަށް ޝުކުރު އާދަނުކުރައްވާ ކްރެޑިޓް ނަގާކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ވެރިކަން ކުރެއްވިކަން އެއީ ރައީސް ސާލިހުގެވެސް ނަސީބުކަމަށެވެ. ޝިޔާމް ވިދާޅުވީ އެހެންނޫން ނަމަ ރައީސް ސާލިހަށް މިއަދު ވެރިކަމުގައި ހުންނަވާ ދަތުރުކުރެއްވުން ފިޔަވާ އިތުރުކަމެއްް ނޯންނާނެކަމަށެވެ.

ޝިޔާމް މިފަދައިން ވިދާޅުވީއިރު، ގިނަ ބަޔަކު އަންނަނީ މި ސަރުކާރުން ބޭނުން ނުވާ މިންވަރަށް ދަތުރުތައް ކުރަމުން އަންނަކަމަށްވެސް ފާހަގަކުރަމުންނެވެ. އެގޮތުން ރައީސް ސާލިހު އެތައް ދަތުރެއް ކުރެއްވި ނަމަވެސް ރާއްޖެއަށްވީ ފައިދާއެއްވެސް އަދި ލިބުން ހިލޭ އެހީއެއް ނެތްކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އެމަނިކުފާނު ހަމަ އެކަނި ކުރައްވާ ކަމަކީ ދަތުރުކުރެއްވުންކަމަށާއި، ގައުމުގައި ހުރި އެއްވެސް މައްސަލައަކާއިމެދު ވިސްނަވާ އެކަންތައްތައް ހައްލުކުރުމަށް މަސައްކަތްނުރާކަމަށްވެސް އަންނަނީ ބުނަމުންނެވެ.

އޭގެ އިތުރުން ޝިޔާމްގެ ޓުވީޓުގައި ވަނީ މި ސަރުކާރުން ރިބަން ކަނޑުއްވާ ހުރިހާ ކަންކަމަކީވެސް ރައީސް ޔާމީން ފައްޓަވާ، ނިންމަވާފައިހުރި ކަންކަންކަމަށެވެ.

މި ސަރުކާރުން އަލަށް ރަންވޭ ހުޅުވީކަމުގެ ވާހަކަދައްކާއިރު ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އެ ރަންވޭ ޓެސްޓުކޮށް، ފުރަތަމަ ފްލައިޓުވެސް ޖައްސާފައެވެ. ނަމަވެސް ރައީސް ސާލިހަށް ވެރިކަން ލިބިވަޑައިގަތުމަށްފަހު 4 އަހަރު ފާއިތުވެގެންދިޔައިރުވެސް އެ ރަންވޭ ބޭނުންކުރަން އޮތީ ނުފެށިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: