ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ދެކަނބަލުން ބަހްރައިންގެ ގައުމީ ދާރުލްއާސާރަށާއި ގުރުއާން ފެސިލިޓީއަށް ޒިޔާރަށް ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބަހްރައިންގެ ގައުމީ ދާރުލްއާސާރާއި ބަހްރައިންގެ ބައިތް އަލް ގުރުއާން ފެސިލިޓީ އަށް ޒިޔާރަތް ކުރައްވައިފިއެވެ.

ބަހްރެއިންގެ ގައުމީ ދާރުލްއާސާރު ރަސްމީކޮށް ހުޅުއްވައިދެއްވީ 1988 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އަމީރު ހުސްނޫއީ ބިން ސަލްމާން އަލް ހަލީފާއެވެ.

މި ދާރުލްއާސާރު ހަދާފައި ހުންނަނީ ދެ އިމާރާތް ގުޅުވާލައިގެންނެވެ. އަދި މިތަނުގައި ދާއިމީ އެގްޒިބިޝަން އޭރިއާ އަކާއި، ވަގުތީ އެގްޒިބިޝަން ހޯލްތަކާއި އާރޓް ގެލެރީ އަކާއްި، ލެކްޗަރ ހޯލެއް ހިމެނެއެވެ.

މި ދާރުލްއާސާރުގައި ބަހްރައިންގެ ތާރޙިގެ 6000 އަހަރު ވީ ތަކެތި ރައްކާކޮށްފައިވެއެވެ.

ބައިތްއަލް ގުރުއާން ފެސިލިޓީ އަކީ 1990 ވަނަ އަހަރު އުފެއްދި މަލްޓި ޕާޕަސް އިމާރާތެކެވެ. މިތަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އިސްލާމީ ދާރުލްއާސާރަކަށް ވުމުގެ ސަބަބުންނެވެ.

މި ދާރުލްއާސާރަކީ ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ ދާރުލްއާސާރުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އަދި މިތަން އިމާރާތްކުރެއްވީ ގުުރުއާނާއި އެނޫންވެސް ވަރަށް މަދުން ނުފެންނަ އިސްލާމީ މުސްހަފްތަކުގެ އަގުހުރި ކަލެކްޝަން އެއް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައެވެ.

މި އިންސްޓިޓިއުޝަންގެ ދާރުލްއާސާރުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާރީހީ ގުރުއާނުގެ ފަތްފުއްތަށް ފެންނަން ހުންނައިރު އޭގެ ތެރޭގައި މެދު އިރުމައްޗާއި ޗައިނާގެ އިތުރުން ހުޅަނގުގައި އޮތް ސްޕެއިންގެ ފަތްފުއްތައް ހިމެނެއެެވެ. އެ ފަތްފުއްތަކަކީ ހިޖުރައިން 622 އިން 722 ވަނަ އަހަރުގައްޔާއި އިސްލާމީ ރަންޒަމާން ފެށިގެން މިއަދާ ހަމައަށް ކެލިގްރަފިކް އާދަކާދަތައް ކުރިއަރަމުން އައިގޮތް ދައްކުވައިދޭ ބިނާތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: