ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވުމަށް ނަޝީދު އެދުނު ވަގުތީ އަމުރު ކޯޓުން ނެރެ ނުދިން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގު ހެދުމުގެ މަޝްރޫއު ފަށައިގެން ކުރިއިއަށްދާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެ ގަސްތައް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައީސް ނަޝީދު އެދިވަޑައިގެންފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައި ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައަޅާ ނިމެންދެން އަމީނީ މަގުން ގަސް ކެނޑުން ހުއްޓޫާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ރައީސް ނަޝީދު އެދުވަޑައިގެންނެވި ގޮތަށް އަމީނީ މަގުން ގަސް ކެނޑުން މަޑުޖައްސާލަން އަންގާ ވަގުތީ އަމުރު ނެރެން ޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައި ހުކުމް ކޮށްފައެވެ.

ގަސްތައް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގަންނަވާ ސަބަބުތައް ކަމަށް ބުނެފައި ވަނީ ވަގުތީ އަމުރެއް ނުނެރެ މި މައްސަލައިގެ މައުޟޫއަށް ގޮތެއް ނިންމައިފިނަމަ ރައީސް ނަޝީދު އެދިވަޑައިގެންނެވި ފަރުވާ ހޯދައިދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ދައުވާގައި ނަޝީދު އެދިވަޑައިގެންފައިވާ ފަރުވާއަކީ ގަސްތައް ކެނޑުން ހުއްޓުވައިދިނުމެވެ. އެހެންކަމުން ވަގުތީ އަމުރެއް ނުނެރެ މައުޟޫޢީ ގޮތުން މައްސަލަ ފައިސަލާކުރެވޭއިރު އިއާދަނުކުރެވޭ މިންވަރުގެ ގެއްލުމެއް ލިބޭނެކަމަށް ރައީސް ނަޝީދުގެ ވަކީލް ފާހަގަކުރެއްވިއެވެ.

އަމީނީ މަގުން ގަސް ކެނޑުން ނުވަތަ ނެގުން ހުއްޓުވުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދުވަޑައުގެންނެވި ވަގުތީ އަމުރަށް ގޮތެއް ނިންމައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީއާއި އަދި ރޯޑް ޑިވޮލޮޕްމެންޓާއި ދެކޮޅަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައިގައި ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދިނުމަށް އެދި ހުށަހެޅުމުގެ ހައިސީއްޔަތު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެދިފައުވާ ވަގުތީ އަމުރު ނެރެ ނުދީފިނަމަ މައްސަލަ ހުށަހެޅި ފަރާތަށް ލިބިދާނެ ގެއްލުމެއް ވެސް ބުނެދެވިފައި ނުވާކަން ކޯޓުން ނިންމި ނިންމުމުގައި ވަނީ ބުނެފައެވެ.

ރައީސް ނަޝީދު އެދިވަޑައިގެންނެވި ގޮތަށް ވަގުތީ އަމުރު ކޯޓުން ނެރެދީފައި ނުވާތީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަކާލާތު ކުރެއްވި ގާނޫނީ ވަކީޅް ޝުނާނާއާއި ސަންގު އިން ސުވާލު ކުރުމުން ވިދާޅުވީ ހަގީގަތުގައި ކޯޓުން ގޮތެއް ނިންމާފައި ވަނީ އެދުނު ވަގުތީ އަމުރާއި މެދު ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ގޮތެއް ނިންމާފައި ވަނީ މުޅީ މައްސަލައާއި މެދު ކަމަށެވެ. އަދި ކޯޓުގެ ނިންމުން އޮތް ގޮތުން އެއްވެސް ދިވެހި ރައްޔިތަކަށް ތިމާވެށީގެ މައްސަލައެއްގައި ކޯޓަށް ދިއުމުގެ ހައިސީއްޔަތު އޮތް ކަމަށް ނުފެންނަ ކަމަށް ޝުނާނާ ވިދާޅުވިއެވެ.

ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމާއި މެދު ޝުނާނާ ވިދާޅުވީ އެކަމާއި މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

އަމީނީ މަގުގައި ތާރު އެޅުމަށް ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީން )މިހާރު އަންނީ އެ މަގުގައިވާ ގަސްތައް ނަގަމުންނެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ސިޔާސީ އެތައްބައެއްގެ އިތުރުން އާއްމުންގެ އެތައްބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި އޮތުމުން އެމައްސަލަ ހެންވޭރު ހުޅަގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ ރައްޔިތުންގެ މަޖިލީހަށްވެސް އެ މައްސަލަ ހުށަހަޅާފައެވެ.

ގަސް ކެޑުމުގެ މައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ އޮތް އެއްބަސްވުމުގައި ވެސް ގަސްތައް ކަނޑާލުމުގެ ވާހަކަތަކެއް ނެތް ކަމަށެވެ. އާރުޑީސީގެ މަޝްރޫއު އާއި ހަމައިން ގަސްތައް ކެނޑުމުގައި އެހީވުމަށް ހުށަހެޅުމުން ގަސް ނުކެނޑުމަށް އެދިފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: