ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިންހާޖު ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އއ. މާޅޮހުގެ ދެކުނުން ބަންޑުންޖަހާލި ލޯންޗުން ގެއްލުނު ސ.ހިތަދޫ މިންހާ، މުޙައްމަދު މިންހާޖު  ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މާޅޮސް ކައިރިން ބަންޑުން ޖަހާލާފައި އޮއްވާފެނުނު ލޯންޗުން ގެއްލުނު މީހާ ހޯދުމަށް ކުރަމުންދާ ސާޗް އެންޑް ސްކިއު އޮޕަރޭޝަނުގައި އިއްޔެވެސް 300 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދު ބަލާފައިވާ ކަމަށެވެ.

މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުން ފުރައިގެން މާޅޮހަށް ދަތުރު ކުރަމުން ދަނިކޮށް ލޯންޗު ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ފުލުހުންނަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

ލޯންޗުން ދަތުރު ކޮށްފައިވަނީ  ދެ މީހުން ކަމަށްވާއިރު، އޭގެ ތެރެއިން ގެއްލިގެން އުޅޭ މިންހާޖު އާއިލާއަށް ހަބަރެއް ނުވެފައިވާތީ، 6 އޮކްޓޯބަރުގައި އާއިލާއިން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

ލޯންޗު ބަންޑުން ޖަހާލައި މިންހާޖު ގެއްލިފައިވާއިރު، އޭގެން ދަތުރު ކުރި އަނެއް ޒުވާނާ ވަނީ ފެނިފައެވެ.  އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އާއިލާގެ އެދުމަކަށް މާލެ ގެނެސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ

ހަތަރު ދުވަހުގެ ސާޗް އޮޕަރޭޝަނުގައި ވައިގެ މަގުން 2000 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 665 އަކަ ނޯޓިކަލް މޭލު ގެ ސަރަޙައްދު ބެލާފައިވާނެ ކަމަށް އެމްއެންޑީއެފް މީގެ ކުރިން ބުނެފައިވެއެވެ.

މިހާރު މިންހާޖު ހޯދުމަށް ހިންގަމުންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: