ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީނުވީއެއް ނޭނގި ގެއްލޭ މީހުންގެ އަދަދު އިތުރުވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހަކަށް އައިސް ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭ މީހުންނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވީ އެންމެ 18 މެމްބަރުންނެވެ. އަދި މައްސަލަ ބަލައިގަތުމަށް ދެކޮޅަށް 29 މެމްބަރަކު ވޯޓު ދިނެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލަ ހުށަހަޅާފައި ވަނީ، މި ފަހުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދާއިރު އަދިވެސް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާކަން ފާހަގަކޮށެވެ.

އެގޮތުން ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދާ މުހައްމަދު އާސިރު އާއި މި މަހުގެ 01 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދާ އއ. މަތިވެރި ހަސަން އަލީ ހޯދާ ނުފެނިފައިވާކަން އާދަމް ޝަރީފްގެ މައްސަލައިގައި ފާހަގަ ކުރި އެވެ.

އާދަމް ޝަރީފްގެ ގަރާރުގައި ވަނީ، ދެ މީހުން ހޯދުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އަދި އެ މަސައްކަތުގައި އެއްވެސް ޒިންމާދާރުކަމެއް ނުފެންނަކަން ވެސް ފާހަގަ ކުރި އެވެ.

މައްސަލަ ހުށަހަޅައިދެއްވަމުން އާދަން ޝަރީފް ވިދާޅުވީ ގެއްލޭ މީހުން ހޯދުމުގައި ސަރުކާރުން ފަރުވާކުޑަ ކުރާކަމުގެ ޝަކުވާތައް އިންތިހާއަށް ބޮޑު ކަމަށެވެ. އަދި ގޮތް ނޭނގޭ ގޮތަކަށް މީހުން ގެއްލެމުން ދާތީ މުޖްތަމައުގެ ތެރޭގައި ބިރުވެރިކަމާއި ކަންބޮޑުވުން އިތުރުވަމުން ދާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެހެންވެ އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ގޮވަލާފައި ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ އެފަދަ ހުރިހާ އެންމެ ހޯދުމުގެ މަސައްކަތް ހަރުދަނާކޮށް އަވަސް ކުރުމަށެވެ. އަދި އެ މީހުން ހޯދުމަށް ކުރާ މަސައްކަތަކީ އިހުލާސްތެރި ދެފުށް ފެންނަ މަސައްކަތަކަށް ހެދުމަށް ވެސް ގޮވާލާފައި ވެއެވެ.

ގެއްލިގެން ހޯދަމުން ދާ ދެ މީހުންގެ ތެރެއިން އިތުރު މައުލޫމާތެއް ލިބިފައި ވަނީ އާސިރުގެ އެކަންޏެވެ. ފުލުހުން ބުނީ އާސިރު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް ކަމަށެވެ. އަދި މިހާތަނަށް އޭނާ ފެނިފައިނުވާއިރު މާލޭގެ ވަރަށް ގިނަ ސީސީޓީވީ ފުޓޭޖުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސީސީޓީވީ ބަލާފައިވާކަމަށް މައުލޫމާތު ދިނެވެ.

އެގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލް ކުރިމަތިން އޭނާ ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެންނަކަމަށާއި އެ ކާރުގައި އޭނާ ދިޔައީ އެއާޕޯޓަށްކަމަށް ފުލުހުން ބުންޏެވެ. އަދި ޓެކްސީ އެއާޕޯޓު ޓާމިނަލް ކައިރިއަށް މަޑު ކުރުމުން އޭނާ ފައިބައިގެން ގޮސް އެއާޕޯޓުގެ ޓާމިނަލްއަށް ވަންނަ މަންޒަރު ސީސީޓީވީން ދައްކާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ އެއާޕޯޓަށް އާސިރު ވަތް ނަމަވެސް، އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން އެނގިފައި ނުވާކަމަށެވެ. އެހެންވެ، އަދިވެސް އޭނާ ހޯދުމަށް އިތުރު ސީސީޓީވީ ފުޓޭޖުތައް ބެލުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް މީޑިއާތަކަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ހަސަން ހޯދުމުގެ މަސައްކަތް މަތިވެރީގައި އަދިވެސް ދަނީ ކުރިޔަށެވެ. އޭނާ އެންމެ ފަހުން ފެނުނުކަމަށް ރަށުގެ ގިނަ މީހުން ބުނަނީ މަޣުރިބް ނަމާދުން ފޭބި ވަގުތުގަ އެވެ.

އެނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ރަށުގެ ހުރިހާ ސަރަހައްދަކާއި، ގެތަކާއި ފަޅު ގޯތިތައް ބަލާފައި ވެއެވެ. އަދި ރަށުގެ ފަޅު ތެރެއާއި ކައިރީގައި އޮތް ފިނޮޅު ވެސް ބަލާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: