ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލާމާލެއިން ގެއްލުނު ކުއްޖާ ފެނުނީ ހުޅުމާލެއިން!

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެއިން ގެއްލުނު 13 އަހަރުގެ އަންހެންކުއްޖާ ހޯދަމުންދަނިކޮށް ހުޅުމާލެއިން ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔައީ އާއިޝަތު ޒޯޔާ ނަމަކަށް ކިޔާ ކުއްޖެކެވެ.

ޒޯޔާގެ އާއިލާއިން ބުނެފައިވަނީ ރޭ 7:30 ހާއިރު، ގޭ ކައިރި ހުންނަ ފިހާރައަކަށް ދަނީ ކަމަށް ބުނެފައި ނިކުތް ޒޯޔާގެ ހަބަރެއް އޭގެ ފަހުން ނުވާ ކަމަށެވެ.ފުލުހުން ބުނީ ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން އެ އިދާރާ އަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 1.33 ހާއިރު ކަމަށެވެ.

މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ހުޅުމާލެއިން ފެނިފައިވާކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށާއި، މިކަމާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާނެކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: